މުސްލިމުންނަށް މަސްޖިދު-އަލް-އަޤްޞާ އަށް ނުވަދެވޭނެހެން އިޒްރޭލު ފުލުހުން މަސްޖިދުލްއަގްސާ ބަންދުކޮށްފިއެވެ.

ފަލަސްތީނުގެ އިސްލާމިކް ވަޤްފް ޑިޕާޓްމަންޓާ ހަވާލާދީ، ފަލަސްތީނުގެ "ވަފާ ނޫސް" އޭޖެންސީން މިކަން ކަށަވަރުކޮށް ވަނީރިޕޯޓްކޮށްފައެވެ.

އެ ޑިޕާޓްމެންޓުން ބުނެފައިވަނީ ކުއްލިއަކަށް މިއަދު މުސްލިމުންނަށް އަޤްޞާ މިސްކިތުގެ ހުރިހާ ގޭޓެއް ބަންދުކޮށްފައިވާ ކަމަށެވެ. ހެނދުނު ވަގުތު އުމުރުން ދުވަސްވީ މީހުންނަށް ވަނުމުގެ ފުރުސަތު ދިން ކަމަށެވެ. އެހެން ނަމަވެސް މިހާރު ހުރިހާ މުސްލިމުންނަށް ނުވަދެވޭނެ ހެން ބަންދު ކޮށްފައިވާ ކަމަށް އެ ޑިޕާޓްމެންޓާ ހަވާލާދީ ވަފާއިން ވަނީ ރިޕޯޓްކޮށްފަ އެވެ.

މީގެ އިތުރުން ރިޕޯޓް ކޮށްފައިވާ ގޮތުގައި މުސްލިމުންނަށް ބަންދު ނަމަވެސް ޔަހޫދީންނަށް ވަނުމުގެ ފުރުސަތު އަންނަނީ ދެމުން އަންނަ ކަމަށްވެކަމަށް ވަނީ ބުނެފައެެއެވެ.

މުސްލިމުންނަށް އަޤްސާ މިސްކިތަށް ނުވަދެވޭނެހެން މީގެ ކުރިންވެސް އެތައް ފަހަރަކު އިޒްރޭލުން ބަންދުކުރިއެވެ.