ފަލަސްތީނުގެ ރައްޔިތުންނަށް ދިވެހިސަރުކާރުން ދެ މިލިއަން ކަނޑު މަސްދަޅު ހަދިޔާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މިހައްމަދު ސާލިހް މިއަދު ނިންމަވައިފިއެވެ.
ފޮރިން މިނިސްޓަރު ޝާހިދު އެކްސްގައިި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިޒްރޭލުން ފަލަސްޠީނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދެއްވެވުމުގެ ގޮތުން 2 މިލިއަން މަސްދަޅު ހަދިޔާ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ނިންމަވާފައިވާކަމަށެވެ.
މީގެ އިތުރުން ޝާހިދު ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުން އެބައިމީހުންގެ ވަކި ދައުލަތެއް އުފެއްދުމަށާއި އެބައިމީހުންގެ ހައްގުތައް ކަށަވަރުކުރުމަށްޓަކައި ކުރަމުންގެންދާ މަސައްކަތްތަކުގައި އެއްވެސް ޝަރުތަކާ ނުލައި ތާއީދުކުރުންމަތީ ދިވެހި ސަރުކާރު އޮންނާނެ ކަމަށެވެ. އަދި ދިވެހި ރައްޔިތުން ވެސް ތިބީ އެ ގޮތުގައި ކަމަށް އޭނާ ވިދާޅުވިއެވެ.
މިކަމާ ގުޅިގެން ރަައީސް އޮފީހުން ވިދާޅުވީ މި މަސްދަޅުތައް ހަދިޔާކުރެއްވުމުގެ މަގްސަދަކީ ފަލަސްތީނައި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކުގައި އެ ގައުމުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އިންސާނިއްޔަތަށްޓަކައި އެހީ ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމެވެ.