ގދ ތިނަދޫ ސިޓީގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

އަލިފާން ރޯވެފައިވަނީ "ފެއިތު" ނަމަކަށް ކިޔާ ގެއެއްގައެވެ. މިއީ ބިދޭސީން ދިރިއުޅޭ ގެއެއްގައެވެ. ފަސް ބިދޭސީއަކު ދިރިއުޅެމުންދާ ގެއެކެވެ. ނަމަވެސް އަލިފާން ރޯވި ގަޑީގައި އެއްވެސް މީހަކު ގޭގައި ނޫޅެއެވެ. ތިނަދޫ ފަޔަރ ސްޓޭޝަނާއި ފުލުހުން ގުޅިގެން ރޯވި އަލިފާން މިހާރު ވަނީ ކޮންޓްރޯލް ކުރެވިފައެވެ.

އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމުގެ މައުލޫމާތެއް ލިބިފައި ނުވި ނަމަވެސް ގޭގައި ހުރި ސަމާނުތައް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައި ހުލިވެފައެވެ.

މިއީ ކިހިނެއް ވެގެން ދިމާވި ހާދިސާއެއްކަމެއް އަދި ނޭނގެއެވެ.