ދަ ޑިމޮކްރެޓްސްއަށް މެންބަރުން އިތުރުކުރުމަށް ހާއްސަ ކެމްޕޭނެއް މިއަދު ކުރިއަށް ގެންދިއުމަށް ނިންމައިފި އެވެ.

އެ ޕާޓީން ބުނީ މެމްބަރޝިޕް ޑްރައިވް ހަރަކާތް އިފްތިތާހު ކުރުން މިއަދު ހަވީރު 4:00 ގައި ޕާޓީ ހަރުގޭގައި އޮންނާނެ ކަމަށެވެ. ެަދި

އަދި މިހަފްލާއަށް ވަޑައިގަންނަވާއިރު ކޮންމެ މެންބަރަކު ޕާޓީއަށް ސޮއިކުރައްވާނެ އިތުރު ބޭފުޅަކާއެކު ވަޑައިގެން ދެއްވުމަށް އެޕާޓީން ވަނީ އެދިފައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށްފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ކުރީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ތާއީދުކުރައްވާ އެމްޑީޕީގެ މެންބަރުން އިސްވެ އުފެއްދި ދަ ޑިމޮކްރެޓްސް ޕާޓީން ފާއިތުވި ރިޔާސީ އިންތިހާބުގައި ވާދަކޮށް ތިންވަނަ ވަނީ ލިބިފައެވެ.

އެ ޕާޓީން ނެރުނު ކެންޑިޑޭޓް އިލްޔާސް ލަބީބް ވަނީ 15،839 ވޯޓު ހޯދާފައެވެ.

މިދިޔަ އޮގަސްޓް ހަތްވަނަ ދުވަހުގެ ނިޔަލަށް، ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައިވާ ގޮތުން އެ ޕާޓީގައި މެންބަރުންގެ ގޮތުގައި ތިބީ 3،280 މެންބަރުންނެވެ.