އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސުލް ޖުމްހޫރިއްޔާކަމުގެ ހުވާކުރެއްވުމަށް ނޮވެމްބަރު 17 ގައި ރައްޔިތުންގެ މަޖިލީހުން ބާއްވަން ޖެހޭ ޖަލްސާއަށް އެއްބާރުލުން ނުދޭނެ ކަމަށް އެމްޑީޕީން ބުނި ނަމަވެސް އެކަން އެގޮތަށް ނުކުރެވޭ ކަމަށް ޕީޕިއެމްގެ ޕީޖީ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

މި ޖަލްސާ ނޮވެމްބަރު 17، ގައި ބާއްވަން ތާވަލުކޮށްފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީން އިއްޔެ ބުނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރުނެތް ކަަމުގެ މައްސަަލަ އަންނަ އާދީއްތަ ދުވަހު ކުރިއަށް ނުގެންގޮސްފި ނަމަ އެ ޖަލްސާއަށް އެއްބާރުލުން ނުދޭނެ ކަމަށެވެ.

މީގެ އިތުރުން އަންނަ އާދީއްތަ ދުވަހަށް އެޖެންޑާ ކޮށްފައިވާ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންގޮސް، ހުވާކުރައްވާ ރަސްމިއްޔާތުގެ ރިޔާސަތުގައި ރައީސް ނަޝީދު އިންނަވައިގެން ޑރ. މުއިއްޒު ހުވާކޮށްފިނަމަ، އައު ޖުމްހޫރިއްޔާގެ ކެބިނެޓަށް ރުހުން ނުދޭނެކަމަށްވެސް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ބުނެފައިވެއެވެ.

މިކަމާއި ގުޅިގެން ސަލީމް ވިދާޅުވީ އިންތިހާބީ ރައީސް ޑރ.،މުހައްމަދު މުއިއްޒު ރައީސުލް ޖުމްހޫރިއްޔާކަމުގެ ހުވާކުރެއްވުމަށް ނޮވެމްބަރު 17، ގައި ރައްޔިތުންގެ މަޖިލީހުން ބާއްވަން ޖެހޭ ޖަލްސާއަށް އެއްބާރުލުން ނުދޭނެ ކަމަށް އެމްޑީޕީން ބުނި ނަމަވެސް އެކަން އެގޮތަށް ނުކުރެވޭ ކަމަށެވެ.

ނަމަވެސް އިތުރު ތަފްސީލެއް ސަލީމް ނުދެއްވައެެވެ.