އަބޫދާބީގެ އަރިއަޅާލާފައިވާ ޓަވަރުގެ ވާހަކަ އެނގޭތަ؟ އަބޫދާބީގެ މަލަމަތިން ފެންނަ ކެޕިޓަލް ގޭޓަކީ، ގިނެސް ބުކް އޮފް ރެކޯޑްސް ބުނާ ގޮތުން ދުނިޔޭގައި އެންމެ ބޮޑަށް އަރިއަޅާފައިވާ ބިލްޑިންގެވެ.

10 ހާސް ޓަނުގެ ދަނގަޑުން ހަދާފައިވާ މިބިލްޑިން ބަލާ ބެލުމަށް ހީވަނީ އަރިއަޅައިގެން ވެއްޓިދާނެ ހެންނެވެ. ނަމަވެސް މުޅި އިމާރާތް ޑިޒައިން ކޮށްފައިވާ އެތަން ހިފަހައްޓާ ގޮތަށެވެ.

ސަތޭކަ ފޫޓުއަޑިއަށް ތަނބުޖަހައިގެން ހަދާފައިވާ މިއިމާރާތަކީ، 520 ފޫޓު އުސް އަދި 35 ބުރިއަށް ނަގާފައިވާ އިމާރާތެކެވެ.

މިބިލްޑިންގ އަރިއަޅާފައިވަނީ 18ޑިގްރީއަށެވެ. މިއީ އިޓަލީވިލާތުގެ އަރިއަޅާފައިވާ ޕީސާ ތަވަރަށް ވުރެން ފަސްގުނަ އިތުރަށް މިއިމާރާތް އަރިއަޅާފައި ވެއެވެ.

https://youtu.be/BPcR3U0qboA

ކެޕިޓަލް ގޭޓްގެ 15 ބުރި ޚާއްސަކޮށްފައިވަނީ އޮފީސްތަކަށެވެ. މިތާގައި އިތުރު ހަތަރު ރެސްޓޯރެންޓާއި ބާރއާއި 200 ކޮޓަރީގެ ހޮޓަލެއްވެސް ހިމެނެއެވެ.

މި ބިލްޑިންގ އިމާރާތް ކުރުމުގެ މަސއްކަތް 2007ގައި ފަށައިގެން 2011ގައި ނިންމައި އިފްތިތާހުކޮށްފައި ވެއެވެ.

އިމާރާތުގެ ބޭރު ޑިޒައިން ކޮށްފައިވަނީ ޚާއްސަކޮށް އުފައްދާފައިވާ 728 ބިއްލޫރި ޕެނަލްއިންނެވެ.