ސެމްސަންގުގެ އެންމެ ފަހުގެ ގެލެކްސީ އެސް 21+ 5ޖީ އަދި ގެލެކްސީ އެސް 21+ އަލްޓްރާ 5ޖީ ފޯން ޕްރީއޯޑަރ ކުރުމަށް ރާއްޖޭގައި ހުޅުވާލައިފިއެވެ. އުރީދޫ މޯލްޑިވްސް އިން ވިދާޅުވެފައިވަނި އެ ފުރުސަތު ހުޅުވުމަށްފަހު މިހާރުވާނީ ކަސްޓަމަރުންނަށް ފޯނު ބައްލަވައިގަތުން ފަސޭހަކޮށްދޭ ޚާއްޞަ އޮފަރ އެއްވެސް ތައާރަފްކޮށްފައި ކަމަށެވެ.

ޕްރީއޯޑަރަށް ބައްލަވައިގަންނަވާ ކޮންމެ ސެމްސަންގް ގެލެކްސީ އެސް 21+ ސީރީޒް ގެ ފޯނަކާއެކު، ކޮންމެ މަހަކު 2 ޖީބީ ހިލޭ ޑޭޓާ، 6 މަސް ދުވަހަށް ލިބިވަޑައިގަންނަވާނެއެވެ. މީގެ އިތުރުން ޕްރީ އޯޑަރ ކުރައްވާ ކޮންމެ ސެމްސަންގް ގެލެކްސީ އެސް 20+ އަކާ އެކު ސްމާރޓް ޓެގް، ގެލެކްސީ ފިޓް 2 ފިޓްނަސް ބޭންޑްއެއް ލިބިވަޑައިގަންނަވާނެއެވެ. ޕްރީއޯރޑަރ ކުރައްވާ ކޮންމެ ގެލެކްސީ އެސް 21+ އަލްޓްރާއަކާއެކުވެސް ހިލޭ ޑޭޓާގެ އިތުރުން ސްމާރޓް ޓެގް އަދި ގެލެކްސީ ބަޑްސް ލައިވް ޕްލަސްއެއް މުޅިންހިލޭ ލިބިވަޑައިގަންނަވާނެ ކަމަށް އުރީދޫ މޯލްޑިވްސް އިން ވަނީ ވިދާޅުވެފައެވެ.

އަގުތައް ރުފިޔާއިން:

ސެމްސަންގް ގެލެކްސީ އެސް 21+ 256 ޖީބީ: 22،799 ރުފިޔާ

ސެމްސަންގް ގެލެކްސީ އެސް 21+ އަލްޓްރާ 256 ޖީބީ: 27،399 ރުފިޔާ

ގެލެކްސީ އެސް 21 ސީރީޒްގެ ޕްރީއޯޑަރ ޙާއްސް އޮފަރގެ އިތުރުން އީސިމް އަޕްގްރޭޑް މުޅިން ހިލޭ ލިބިގެންދާނެއެވެ.

ޕްރީއޯރޑަރަށް މިއަދު ހުޅުވާލެވުނު ސެމްސަންގް ގެލެކްސީ 21+ ސީރީޒް ގެ މި ފޯނުތައް އުރީދޫގެ އީ ކޮމަރސް ޕްލެޓްފޯރމް މޫލީ މެދުވެރިކޮށް ޕްރީއޯރޑަރ ކުރުމުން ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް މުޅިން ހިލޭ ގެންގޮސްދޭނެއެވެ.

މޫލީ މެދުވެރިކޮށް ބައްލަވައިގަތުމަށް http://ore.do/app އަށް ޒިޔާރަތް ކުރަށްވާށެވެ.

އިތުރު މައުލޫމާތު ހޯދާލުމަށް http://ore.do/s21 އަށް ޒިޔާރަތް ކުރަށްވާށެވެ.