ކޮވިޑް ޖެހިގެން ރާއްޖެއިން 77 އަހަރުގެ މީހަކު މަރުވެއްޖެ އެވެ.

މިއީ ކޮވިޑް ޖެހިގެން ރާއްޖެއިން މަރުވި 50 ވަނަ މީހާ އެވެ.

އެޗްޕީއޭއިން ބުނީ، މިއަދު ހެނދުނު 9:50ގައި އައިޖީއެމްއެޗްގެ އިމަޖެންސީ ރޫމަށް ގެނައި އުމުރުން 77 އަހަރުގެ ދިވެހި ފިރިހެނަކު މަރުވެފައިވާ ކަމަށެވެ.

މިއަދު ހެނދުނު 10:14ގައި މަރުވި އެ މީހާ ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށާއި އަދި އެއީ ކޮވިޑް މަރެއް ކަމަށް މިހާރު ވަނީ ކަނޑައަޅާފަ އެވެ.

މިހާރަކަށް އައިސް މާލެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. މިހާރު ވެސް ކޮވިޑްޖެހުނު ބައެއް މީހުންނަށް އައިސީޔޫގައި އަންނަނީ ފަރުވާ ދެމުންނެވެ. އަދި އެކަކަށް ފަރުވާ ދެނީ ވެންޓިލޭޓަރުގެ އެހީގަ އެވެ.