މިރޭ ހަނދުކޭތައެއް ހިފާތީ މުޅިރާއްޖޭގަ ހަނދުކޭތަ ނަމާދު ކުރަން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އެމިނިސްޓަރީ އިން ނެރުނު ސަރކިއުލާރ އެއްގައި ބުނެފައި ވަނީ 28 އޮކްޓޯބަރު 2023 / 12 ރަބީއުލްއާޚިރު 1445، ވާ ހޮނިހިރު ދުވަހުގެ ރޭ 23:01 ގައި ހަނދުކޭތައެއް ހިފާނެ ކަމަށެވެ.

ކޭތަ އެންމެ ބޮޑަށް ހިފާފައި ހުންނާނީ މެންދަމު 01:14 ގައެވެ. ކޭތަ ވީއްލާނީ 03:26 އެވެ. އިސްލާމިކް މިނިސްޓްރީން ރޭ ނެރުނު އެސާރކިއުލާގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެންމެ ބޮޑު މިސްކިތެއްގައި މި ރޭ 01:15 ގައި ކޭތަ ނަމާދު ކުރުން އޮންނާނެ ކަމަށެވެ.

އަދި ކޭތަ ނަމާދުގެ ހުތުބާ އެ މިނިސްޓްރީގެ ވެބްސައިޓްގައި އާންމުކުރަން ނިންމާފައިވާކަމަށާއި އެގޮތުން މިއަދު ހެނދުނު އެ މިނިސްޓަރީގެ ވެބްސައިޓްގައި ހުތުބާ އިއުލާން ކުރާނެކަމަށް ބުނެފައިވެއެވެ.

ކޭތަ ނަމާދަކީ ދެރަކްއަތުގެ ސުންނަތް ނަމާދެކެވެ. މިނަމާދުގެ ވަގުތަކީ ކޭތަ ހިފީއްސުރެ ވީއްލަންދެނެވެ.