މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އާއި, ޔުނައިޓެޑް ނޭޝަންސް އޮފިސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އިން ގުޅިގެން ޕްރިޒަން އޮފިސަރުންނަށް ތަމްރީން ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

''ދި ޔުނައިޓެޑް ނޭޝަންސް ސްޓޭންޑަޑް މިނިމަމް ރޫލްސް ފޯރ ދަ ޓްރީންޓްމަންޓް އޮފް ޕްރިޒަނަސް (ދަ ނެލްސަން މަންޑޭލާ ރޫލްސް) އާއި ބެންގްކޮކް ރޫލްސް އާ ގުޅޭ ގޮތުން މި ތަމްރީން ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ފަންޑިންގ މެދުވެރިކޮށެވެ.

މީގެއިތުރުން ތިން ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި ތަމްރީން ޕްރޮގްރާމް ހިންގާފައިވަނީ އައްސޭރި ޖަލުގައި އާއި ހުޅުމާލޭ ޖަލުގައި އަދި މާފުށީ ޖަލުގައި ކަމަށްވެސް އެ ކަރެކްޝަނުން ބުނެފައިވެއެވެ.

ޔޫއެންއޯޑީސީގެ ޕްރިޒަން އެކްސްޕަރޓް މރ.އެލިއުޑް އޮޕިލޯ ކުރިއަށް ގެންދެވި މި ޕްރޮގްރާމުގައި 69 އޮފިސަރުން ބައިވެރިވިއެވެ.