މާލެ ސިޓީގައި މިރޭ ހަނދުކޭތަ ނަމާދު ކުރުމަށް ހަމަޖެހިފައިވާ މިސްކިތްތަކުގެ މައުލޫމާތު އިސްލާމިކް މިނިސްޓްރީއިން އާންމުކުރައްވައިފިއެވެ.

އެ މިނިސްޓްރީއިން ވިދާޅުވީ މާލެ ސިޓީގައި ހަނދުކޭތަ ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ

  • މަސްޖިދުއްސުލްތާން މުހައްމަދު ތަކުރުފާނުލް އަޢުޒަމް
  • މަސްޖިދުލް އިޚްލާޞް (ވިލިނގިލި)
  • އަދި މަސްޖިދުއް ޝައިހް ގާސިމް ބިން މުހައްމަދު އަލް ޘާނީ (ހުޅުމާލެ) ގައެވެ.

މި މިސްކިތްތަކުގެ އިތުރުން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ހުންނަ އެންމެ ބޮޑު މިސްކިތުގައި ވެސް ކޭތަނަމާދު ކުރުމަށްވަނީ ހަމަޖެހިފައެވެ.

ހަނދުކޭތަ ހިފަން ފަށާނީ މިރޭ ރާއްޖެ ގަޑިން 23:01 ގައެވެ. މި ކޭތަ އެންމެ ބޮޑަށް ހިފާފައި ހުންނާނީ މިރޭގެ މެންދަމުން އަލިވެ 1:14 ގައި ކަމަށްވާއިރު, ކޭތަ ވީއްލާނީ ރާއްޖެ ގަޑިން މެންދަމުން އަލިވެ 3:26 ގައެވެ.

ހަނދުކޭތަ ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ މިރޭ މެންދަމު 01:15 ގައެވެ.