އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ އިދިކޮޅު ލީޑަރު، ރައީސް ޔާމީން އަބްދުލްގައްޔޫމް ރަށު ބަންދަށް ބަދަލުކޮށްފިއެވެ.

މި ލުއި އެމަނިކުފާނަށް ދެއްވާފައިވަނީ މީގެ 15 ވަރަކަށް ދުވަސްކުރިން ރައީސް ޔާމީން އަމިއްލަފުޅަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާއި ވާހަކަފުޅުދެއްކެވުމުންނެވެ.

މީގެއިތުރުން މި ލުޔަކާއިއެކު އެމަނިކުފާނަށް މާލެ ސަރަހައްދުގައި ހިމެނޭ މާލެ ވިލިމާލެ އަދި ހުޅުމާލެއަށް އެމަނިކުފާނަށް ވަޑައިގެންނެވޭނެއެވެ. އަދި އާންމު ޖަލްސާތަކުގައި ބައިވެރިވެވޭނެއެވެ.

ރައީސް ޔާމީންގެ މައްޗަށް 11 ‏އަހަރުގެ ޖަލު ހުކުމެއް އިއްވައިފައިވާއިރު، އެމަނިކުފާނުގެ މައްޗަށް ކުރި ހުކުމްގެ އިސްތިއުނާފު މައްސަލަ އަދިވެސް ނުނިމެއެވެ.

އެމްޑީޕީ ރިޔާސީ އިންތިހާބުން ބަލިވުމާއިއެކުގައި، ރައީސް ޔާމީން ގޭބަންދަށް ބަދަލު ކުރިއެވެ. އެކަން ކުރީ ގިނަ ރައްޔިތުން، ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން އެންޑޯޒް ކުރެއްވި، ޕީއެންސީގެ ކެންޑިޑޭޓް، ޑރ މުހައްމަދު މުއިއްޒު ކާމިޔާބު ހޯއްދެވުމުންނެވެ. ރައީސް ސާލިހްގެ އަރިހުން އިންތިހާބީ ރައީސް އެންމެ ފުރަތަމަ ވެސް އެދިވަޑައިގަތީ ރައީސް ޔާމީން މިނިވަންކުރުމަށެވެ.