އޮބްސެސިވް-ކޮމްޕަލްސިވް ޑިސްއޯޑާ (އޯސީޑީ) އަކީ، އަމިއްލަ ނަފްސަށް ކޮންޓްރޯލް ނުކުރެވޭ އަދި ތަކުރާރުވާ ހިޔާލުތައް ތަޖުރިބާކޮށް، ތަކުރާރުވާ އަމަލުތައް ނުވަތަ އެ ދެ ކަންކަމުގައި ވެސް ބައިވެރިވެވޭ ދިގު މުއްދަތަކަށް ދެމިގެންދާ ބައްޔެކެވެ. "އޯސީޑީ" ހުންނަ މީހުންގެ ކިބައިން ގިނަ ވަގުތު ހޭދަވާ އަލާމާތްތަކެއްގެ ސަބަބުން އަނެކުުންނަށާއި ހުދު އަމިއްލަ ދިރިއުޅުމަށްވެސް އަސަރުފޯރުވައެވެ.
އޯސީޑީ، އަށް ދިވެހިން އާންމުކޮށް ބޭނުން ކުރާ ބަސްތަކަކީ "ފަކުރު ގަތުން"، "ޝައްކުބަލިހުރުން" ފަދަ ބަސްތަކެވެ. އެހެންނަމަވެސް މިއީ ކިހިނެއްވާ ކަމެއްކަން ދެނެގަތުމަކީ ކިހާ މުހިންމުކަމެއް ކަން ނޭނގުމަކީ މީގެ ގެއްލުން ބޮޑު ވެދާނެކަމެކެވެ.
އޯސީޑީ ޖެހޭ ސީދާ ސަބަބެއް ތަޖުރިބާކާރުންނަށް ނޭނގެ އެވެ. ޖެނެޓިކްސް އާއި ސިކުނޑީގެ އާދަޔާ ހިލާފު ކަންކަމާއި މާހައުލުގެ ދައުރެއް އަދާކުރާ ކަމަށް ބެލެވެ އެވެ. ގިނަ ފަހަރަށް މިކަން ފެށެނީ ޒުވާން އުމުރުގައި ނުވަތަ ޒުވާން އުމުރުގެ ކުރީކޮޅުގައެވެ. ބައެއްފަހަރު ވަރަށް ޅައިރުއްސުރެ ފާހަގަ ވެފައިވެސް ހުރެއެވެ.
"ވަރަށް ކުޑައިރުވެސް އުޅޭނެ ވަރަށް ޗީޗީ ވާތީ. ބައެއްކަހަލަ ކަންތައް، ކާންއިންނައިރުވެސް ބައެއްކަހަލަ ވާހަކަތައް އިވިއްޖެއްޔާ ކެއުންވެސް ހުއްޓާލާނެ، ނުބައި ވަހެއް ދުވިޔަސް ކެއުން ހުއްޓާލާކަން ފާހަގަވޭ، މިއީ ވަރަށް ކުޑައިރު ފާހަގަ ވިކަންކަން، ދެން ބޮޑުވަމުން އައި އިރު ވަރަށް ބޮޑަށް ފާހަގަވި އެއްފަހަރު ލާ ހެދުން އެ ވަރިހަމަ ތަނަކަށް ނުދިޔަޔަސް ޗެކްކޮށްލަން ލިޔަސް އެހެދުމެއް ދޮންނަން ޖެހޭނީ. އެކައްޗެއް ދެފަހަރަކަށް ނުލާނެ، ދެން ވަރަށް ސާފުކުރާނެ، ނިދާ އެނދުވެސް ކޮންމެ ދެ ހަފްތާއަކުން އެއްފަހަރޔ އަޅުގަނޑުމެންގެ ގޭގައި ބަދަލުކުރާނެ، އެކަމަކު ދަރިފުޅުގެ ނިދާ އެނދުގެ ސާމާނު ހަފްތާއަކު ދެ ފަހަރު ބަދަލުކުރާނެ. ދެން އެންމެ ބޮޑަށް އޭރު ފާހަގަވި ވަރަށްގިނައިން ފެންވަރާނެ، ގާތްގަނޑަކަށް ސޯޅަ، ސަތާރަ އަހަރުގައި މިކަން ވަރަށް ބޮޑަށް ފާހަގަވި،" އޯސީޑީ ވަރަށް ބޮޑަށް ހުންނަ އަންހެނެއްގެ މަންމަ ކިޔައިދިނެވެ.
އޯސީޑީ އަކީ ކިހިނެއްވާ ކޮންކަމެއްކަން އޭނާގެ ފިރިމީހާއަށް އެނގުނުކަން އެއީ މި އަންހެންމީހާގެ ނަސީބު ކަމުގައި އޭނާ ދެކެެއެވެ. ސަބަބަކީ މި މައްސަލަ ހުންނަ މީހުންނާއެކީ އުޅޭ މީހުންނަށް އޭގެ އުނދަގޫ ދިމާވާތީއެވެ. އަދި ބައެއްފަހަރު މިވަނީ ކީއްކަން ނޭނގުމުގެ ސަބަބުން ވަރަށް ގިނަ މައްސަލަތަކާ ކުރިމަތިލާން ޖެހެއެވެ.
"އަޅުގަނޑުމެންނަކަށް ނޭނގޭ ކުޑައިރު، އަދި ބޮޑުވަމުން އައިއިރުވެސް، އެހެންވެ ބައެއްފަހަރު ވަރަށް ގޯސް ބަސްތައް ވެސް ބުނެވިފައި އެބަހުރި. އެކަމަކު މާގިނައިން އެއްގޮތަކަށް ކަންތައް ވާންފެށުމުން އަޅުގަނޑަަށް ދެން ހީވާން ފަށައިފި ކޮންމެވެސް ކަމެކޭ. ކައިވެނި ކުރި ފަހުން ދަރިފުޅުގެ ފިރިމީހާގެ ފަރާތުން އެނގުނީ އަސްލު މައްސަލަ،" އަންހެންމީހާގެ މަންމަ ބުނި ގޮތުގައި އަންހެންމީހާގެ ކައިވެނީގައިވެސް ގިނަ މައްސަލަތަކެއް ނުޖެހުނީ ފިރިމީހާއަށް މިއީ ކިހިނެއްވާ ކަމެއްކަން އެނގޭތީއެވެ.
"ކުރީކޮޅު ވަރަށް އުނދަގޫވި، ހީވެސް ނުކުރާކަހަލަ ކަންކަން ދިމާވި، އެކަމަކު ދެން މިވަނީ ކީއްކަން އެނގުނީމަ ބުނެދީގެން ބަލައިގެން ގެންގުޅުނީ. އަމިއްލައަށްވެސް ގަބޫލު ކުރުވައިގެން، ކިހިނެއްކަން ކަންތައްތައް މެނޭޖްކުރަން ޖެހޭނީ، ވާގޮތް ޝެއާ ކުރުވައިގެން އުޅެނީ، މިހާރު ދެކުދިންވެސް އެބަތިބި، މުޅިއަކުން ރަނގަޅެއް ނުވާނެ ދެއްތޯ، އެކަމަކު ވަރަށް ބޮޑުތަން ކާމިޔާބޭ ބުނެވޭނީ،" އަންހެންމީހާގެ ފިރިމީހާ ކިޔައިދިނެވެ.
މިއީ ފަސޭހަ ކަމަކަށް ނުވިޔަސް ނުވާނެ ކަމެއްނޫނެވެ، އޯސީޑީގެ އަލާމާތްތައް ފެންނަކަމުގައި ވަންޏާ އެއީ ކުރިމަތިލައި ވާހަކަދައްކައި ވިސްނައިދީގެން ކުރިއަށްދެވިދާނެކަމެކެވެ. ސަބަބަކީ މިއީ މާބޮޑު ސައްހަ ފަރުވާއެއް ހޯދިފައިވާ ކަމަކަށް ނުވާތީއެވެ.
އޯސީޑީ ހުންނަ މީހުންގެ ހިތުގައި ޝައްކާއި ބިރާއި ވަހުމު އުފެދޭނެއެވެ. ގިނަގިނައިން އާދަޔާހިލާފަށް ތަންތަންސާފު ކުރުން، ތާއަބަދު އަތްފައި މޫނު ދޮވެލަދޮވެލާ ހުރުން، މީހަކު އަތްލައިފި އެއްޗެއް ބޭނުންކުރުމުގެ ކުރިން އެވެސް ދޮވެގެން ގެންގުޅުން، އާދަޔާހިލާފަށް ތަރުތީބުކުރުން، ބައެއްކަހަލަ ލަފުޒުތައް ތަކުރާރުކޮށް ބޭނުން ކުރުން، ގެންގުޅޭ ސާމާނުވެސް އަބަދު ފޮޅާ ސާފުކޮށް ހެދުން، ގިނަގިނައިން ފެންވެރުން، ދިރޭތަކެތި ދެކެ ބިރުގަނެ އުނދަގޫވުން، އެހެންމީހަކު ގައިގައި އަތްލައިފިނަމަ ތިމާ ހަޑިވެދާނެތީ އެތަނެއް ދޮވެސާފުކުރުން ފަދަ އެތައް ކަމެއް ދިމާވާނެއެވެ.
އޮބްސެސިވް-ކޮމްޕަލްސިވް ޑިސްއޯޑާ ޖެހޭ ސަބަބެއް މުޅިން ނުވިސްނެ އެވެ. ނަމަވެސް މައިގަނޑު ތިންވައްތަރެއް ވެއެވެ.
- ބަޔޮލޮޖީ އޯސީޑީ؛ ހަށިގަނޑުގެ އަމިއްލަ ގުދުރަތީ ކެމިސްޓްރީ ނުވަތަ ސިކުނޑީގެ މަސައްކަތްތަކަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވާ ކަމެކެވެ.
- ޖެނެޓިކްސް އޯސީޑީ؛ ޖެނެޓިކް ކޮމްޕޯނެންޓެއް ހުރެދާނެ ކަމަށްވިޔަސް ނަމަވެސް ވަކި ޖީންތަކެއް އަދި ދެނެގަނެވިފައެއް ނުވެއެވެ.
- ލާނިން އޯސީޑީ އޮބްސެސިވް މިއީ އުޅުމާއި ގުޅުންތަކާއި ވާހަކަތަކުން ދެނެގަނެވޭނެ ވައްތަރެކެވެ. އާންމުކޮށް މިވައްތަރާ ޑީލް، މާނައަކީ ކުރިމަތިލައި ބެލެހެއްޓިދާނެއެވެ.
- އޮބްސެސިވް-ކޮމްޕަލްސިވް ޑިސްއޯޑާގެ ސަބަބުން ދިމާވާ މައްސަލަތަކުގެ ތެރޭގައި، އެހެނިހެން މައްސަލަތައް ހިމެނެއެވެ.
އޯސީޑީއަކީ ކިހިނެއްވެގެން ދިމާވާ ކަމެއްކަން ސީދާ ހޯދިފައި ނެތްއިރު މީގެ ފަރުވާވެސް ސީދާ ހޯދިފައެއް ނެތެވެ. އަދި ހަމައެހެންމެ އޮބްސެސިވް-ކޮމްޕަލްސިވް ޑިސްއޯޑާ އިން ސަލާމަތްވެވޭނެ ޔަގީން ގޮތެއް ހޯދިފައެއް ނެތެވެ. ނަމަވެސް ވާގޮތް އެނގިތިބެ، އަންގައިދިނުމާއި އޯސީޑީ ހުންނަ ފަރާތަށް ވިސްނައިދީ އެހީތެރިވެގެން މެނޭޖް ކުރެވިދާނެއެވެ. ސަބަބަކީ މީގެ ސައްހަ ފަރުވާއެއް އަދި ކަމާބެހޭ މާހިރުންނަށް ހޯދިފައި ނުވާތީއެވެ.
ވަރަށް ބޭނުން ވެފަހުރި މައުލޫމާތު ކޮޅެއް
މީ ވަރަށް މުހިންމު މައުލޫމާތުތަކެއް، އުފާވޭ މިހާރު މިކަހަލަ ލިޔުންތައް ކިޔަން ލިބޭތީ ޝުކުރިއްޔާ ހަލިނިއުސް
ޝައިތާނީ ވަސްވާސް ބަލިއޭ ވެސް ބުނޭ