މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ.

އެކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް މާލެއިން ކަރަންޓްގެހިދުމަތް މެދުކެނޑޭނެ ސަރަހައްދުތަކަކީ މާފަންނުގެ އިސްކަންދަރު މަގު، ކޯރުކެނޑި މަގު، ބުރުޒު މަގު އަދި ބަޑިފަސްގަނޑު މަގު ހިމެނޭ ސަރަހައްދެވެ.

މީގެ އިތުރުން ސްޓެލްކޯއިން ވިދާޅުވިގޮތުގައި މި ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑޭނެ ވަގުތުތަކަކީ މިއަދު މެންދުރު 14:30 އިން 16:30 އަށެވެ.

އަދި މި ވަގުތުތަކުގައި ދިމާވެދާނެ ދަތިތަކަށް ސްޓެލްކޯއިން ވަނީ މައާފަށްވެސް އެދިވަޑައިގަންފައެވެ.