އއ. ހިމަންދޫގެ ރަައްޔިތުން ގުޅިގެން ހިންގި ފަންޑް ރެއިސިން ހަރަކާތުގައި 230،000 ރުފިޔާ އެއްކޮށްފި ކަމަށް ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ.

ސްޓެލްކޯއިން ވިދާޅުވީ ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން ހިމަންދޫގެ އިންޖީނުގެ ހިންގާ އެ ކުންފުނީގެ މުވައްޒަފުން އިންތިޒާމްކުރި މި ހަރަކާތުގައި ބައިވެރިވި އެރަށުގެ ގިނަ ބަޔަކު ވަނީ ފައިސާ ހަދިޔާކޮށްފައިވާ ކަމަށެވެ.

މީގެއިތުރުން ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ހިމަންދޫގެ އިންޖީނުގޭގެ މުވައްޒަފުންގެ އިސްނެގުމުގެ މަތިން އެ ރަށުގެ ސަރުކާރުގެ މުއައްސަސާތަކާއި ކުލަބް ޖަމިއްޔާތަކާއި ޓީމުތަކާ އަދި ހުރިހާ ރައްޔިތުން ޝާމިލްވާ ގޮތަށް ބޭއްވި "ހިމަންދޫ ރައްޔިތުން ފަލަސްތީނާ އެކު" އިވެންޓުން 230،000ރ. ލިބިފައިވާކަމަށްވެސް ސްޓެލްކޯއިން ކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވެއެވެ.

އަދި މި ފައިސާ މިހާރު އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އާ ހަވާލުކޮށްފައިވާކަމަަށްވެސް ވިދާޅުވިއެވެ. ހަމައެއާއެކު މިފަދަ ކަންކަމުގައި އެކުންފުނީގެ މުވައްޒަފުން އަބަދުވެސް ދައްކަވަމުން ގެންދާ ނަމޫނާއަށް ސްޓެލްކޯއިިން ވަނީ ޝުކުރު އަދާކުރައްވާފައެވެ.

އައިއޭސީން ހުޅުވާލާފައިވާ ފަންޑަށް މިހާތަނަށް 24 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ލިބިފައެވެ.