ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކުޅުދުއްފުށީ އުތުރު ދާއިރާއަށް ވާދަ ނުކުރައްވަން، މާލޭ ސިޓީ ކައުންސިލް ހިންގުމާ ވަގުތީ ގޮތުން ހަވާލުވެޑައިގެން ހުންނެވި ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ނިންމަވައިފިއެވެ.
މި ނިންމެވި ނިންމުން ބަދަލުކުރައްވައި ނަރީޝް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކުރި މަސައްކަތުން ކުޅުދުއްފުށީގެ ރޫހު އޮތީ ވަރަށް ބޮޑަށް ވަތަނީކޮށް އެ ރަށުގެ ދަރިއަކު އެ ގޮނޑިއަށް އިންތިހާބު ކުރާކަން ހާމަވެއްޖެ ކަމަށެވެ.
އެހެން ކަމުން ކުޅުދުއްފުށީ ސިޓީގެ ރައްޔިތުންގެ ވިސްނުމާއި ފިކުރަށް އިޙްތިރާމް ކުރާ ހާލު ރައްޔިތުންގެ މަޖިލީސް ކުޅުދުއްފުށީ އުތުރު މަޖިލީސް ޕްރައިމަރީގައި ވާދަ ނުކުރަން ނިންމާފައިވާ ކަމަށް ނަރީޝް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން އެ ދާއިރާއަށް ވާދަކުރައްވަން ނިންމުމުން އެކަން ކާމިޔާބުކޮށްދިނުމަށް ގިނަ ބަޔަކު މަސައްކަތް ކޮށްދިން ކަން ފާހަގަކޮށް ނަރީޝް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ނުހޮވޭނެކަން ގައިމުވީމައި ލަދެއްގައި ނުބެދި އަވަހަށް ބޯދަމައިގަތީ
ތިޔަ ޖެހުނީ ޖަމަލު ފޮޑިއެއް