ފަލަސްތީނަށް އެހީވާން ފަންޑު ހޯދުމަށް މުޅި ފަރެސްމާތޮޑާ އެކުއެކީ އަތުކުރި އޮޅާލައިފިއެވެ.

އެގޮތުން މިއަދު ހަވީރު ފަންޑް ރައިިޒިން އަކަށް މުޅި ރަށް އެކުއެކީގައި ވަނީ ނުކުންނަން ތައްޔާރު ވެފައެވެ.

ފަރެސްމާތޮޑާއިން "ހަލި"ނޫހުގެ ޖާނަލިސްޓް މަރިޔަމް ޝަޒްލާ ނޫހަށް މައުލޫމާތު ދެމުން ބުނި ގޮތުގައި ރަށުގެ ހުރިހާ މަސްދޯނިތައް ވެސް މިއަދުގެ ހަވީރު ކުރިއަަށްދާ މިހަރަކާތުގައި ބައިވެރި ވާނެއެވެ. މިއަދު ހަވީރު 4 ން ރޭގަނޑެއް 10 އަށް ކުރިޔަށް ގެންދާ ފަންޑްރައިޒިން އިވެންޓަކީ މުޅި ރަށް ތަމްސީލު ވާހެން ކުރިޔަށް ގެންދާ ހަރަކާތެއް ކަމަށާއި މި ހަރަކާތުގައި ކައުންސިލް ގެ އިތުރުން ރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީ، ފަރެސްމާތޮޑާ ފެނަކަ، ފަރެސްމާތޮޑާ އެއަރޕޯޓް، ހެލްތު ސެންޓަރ، ކޯޓުވެސް ބައިވެރިވާނެކަމަށް ޝަޒްލާ ވަނީ މައުލޫމާތުދީފައެވެ.

ފަރެސްމާތޮޑާ ބަނދަރު ސަރަހައްދު ގައި ފަންޑު ފޮށި ބަހައްޓައިގެން ފައިސާ ހޯދުމަށް ކުރިޔަށް ގެންދާ މި ހަރަކާތުން ލިބޭ ހުރިހާ ފައިސާއެއް ހަދިޔާ ކުރުމަށް ހަމަޖެހިފައިވަނީ މިހާރު ހިގަމުންދާ ހަނގުރާމައިގައި ޙާލުގައި ޖެހިފައިވާ ފަލަސްތީންގެ ރައްޔިތުންނަށެވެ.

މިއަދުގެ ހަރަކާތައް މުޅި ފަރެސްމާތޮޑާ ގެ ހުރިހާ ރައްޔިތުންގެ އެއްބައިވަންތަކަން ވަރަށް ބޮޑަށް ލިބެމުންދާތީ ރަށު ކައުނަސިލުން ވަނީ އެކަމަށް ޝުކުރުވެރި ވެފައެވެ.

އިޒްރޭލުން މެދުކެނޑުމެއްނެތި ފަލަސްތީނަށް ދެމުން ގެންދާ ލާއިންސާނީ ހަމަލަތަކުގައި އެތައް މުސްލިމުންނެއް ވަނީ ޝަހީދުވެފައެވެ.

މި ހަނގުރާމައިގައި ހަމާސް ޖަމާއަތުން އިޒްރޭލަށް ދިން ހަމަލާތަކުގައި 1،400 އަށްވުރެ ގިނަ ޔަހޫދީން މަރާލާފައިވާއިރު، ޔަހޫދީޒަޔަނިސްޓުން ވަނީ ވަރަށް ފަލަސްތީނުގެ ޣައްޒާގެ 9،000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައެވެ.