ފަރެސްމާތޮޑާގައި ފަލަސްތީނަށް އެހީވާން އިއްޔެ ބޭއްވި ފަންޑްރައިޒިން ހަރަކާތުގައި ހަތަރުލައްކަ ތިރީސްހާހަށް ވުރެ ގިނަ ފައިސާ ހޯދައިފި އެވެ.

އިއްޔެގެ ފަންޑްރައިޒިންގ އިވެންޓާ ބެހޭ ގޮތުން، ފަރެސްމާތޮޑާއިން "ހަލި"ނޫހުގެ ޖާނަލިސްޓް މަރިޔަމް ޝަޒްލާ ރިޕޯޓް ކޮށްފައިވާ ގޮތުގައި ރަށުގެ ގިނަ މުވައްސަސާތަކަކުން މި ހަރަކާތުގައި ބައިވެރިވެފައި ވާއިރު ޖުމްލަ ނުވަ ސްޓޯލެއް ބެހެއްޓިއެވެ. އެއީ

  • ފަރެސްމާތޮޑާ އެއާޕޯޓް ސްޓޯލް
  • ފަރެސްމާތޮޑާ ހެލްތުސެންޓަރ ސްޓޯލް
  • ފަރެސްމާތޮޮޑާ ފެނަކަ ސްޓޯލް
  • ފަރެސްމާތޮޑާ ކައުންސިލް ސްޓޯލް
  • ޕޮލިސް ސްޓޭޝަން ސްޓޯލް
  • ރަންވޭ29 ގްރޫޕް
  • ހުވަދޫ ސްކޫލް ސްޓޯލް
  • ހުވަދޫސްކޫލުގެ ޕީޓީ ހާއްސަ ސްޓޯލަކާއެކު ފަސް ސްޓޯލެއްވެސް ބެހެއްޓުނެވެ.
  • ފަރެސްމާތޮޑާ ގެ މަސްދޯންޏެއް ގެ ފަޜާތުން އެއްލައްކަ ރުފިޔާ ހަދިޔާކުރުން

އިއްޔެ ފަރެސްމާތޮޑާގައި ކުރިއަށް ދިޔަ ހަރަކާތްތަކަށް ރަށުގެ ކުދިބޮޑު އެންމެންގެ އެއްބާރުލުން ލިބުނެވެ. އިއްޔެގެ މި ހަރަކާތަަށް މުޅި ރަށުން ނުހަނު ހޫނު ތަރުހީބެއް ލިބުނެވެ. ވަރަށްވެސް ޖޯޝާއި ފޯރިއާއެކު އިވެންޓުގައި ބައިވެރިވެ ގިނަ އަދަދަކަށް ތަކެތި ގަތުމުގެ އިތުރުން ބަހައްޓާފައިވާ ފަންޑް ފޮށްޓަށްވެސް ގިނަ އަދަދަކަށް މީހުން ފައިސާ އެޅިއެވެ. ފައިސާ ގުނަން ފެށީ ރޭ 10:00 ހާ އިރެވެ.

މީގެ ކުރިންވެސް ފަރެސްމާތޮޑާގައި ފަލަސްތީނަށް އެހީވުމަށް ވަނީ ފަންޑްރައިޒިން ހަރަކާތްތަކެއް ބާއްވާފައެވެ