ގަދަބާރުން ފަލަސްތީނުގެ ބިންތައް ހިފައިގެން ތިބި އިޒްރޭލުގެ އީލަތު ސިޓީއަށް "މިސައިލް ސައިރަން" އަޅައިފިއެވެ.

އީލަތަށް ސައިރަން އަޅަމުންދާކަން އިޒްރޭލުގެ ޓެރަރިސްޓް ސިފައިންވެސް ވަނީ ޓްވިޓާގައި ހާމަކޮށްފައެވެ. އެކަމަކު އިތުރު ތަފްސީލްތަކެއް ދީފައެއް ނުވެއެވެ.

މިދިޔަ ހަފްތާގައި ޔަމަނުން ވަނީ އީލަތަށް އަމާޒުކޮށް ބެލަސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދޭން މަސައްކަތް ކޮށްފައެވެ. އޭގެ ތެރެއިން 1 މިސައިލް އީލަތަށް އަމާޒެ 3 މީހުން މަރުވިއިރު، ޑްރޯން އާއި އެހެނިހެން މިސައިލްތައް އަމާޒަށް ވާސިލުވުމުގެ ކުރިން އިޒްރޭލުގެ އަޔަން ޑޯމް ސިސްޓަމްއިން ވައްޓާލީއެވެ.