އިއްޔެ މުޅި ފަރެސްމާތޮޑާ އެކުގައި ހިންގި ބޮޑު ހަރަކާތުގައިވެސް އެންމެ ކުރިއަރައި ނަމޫނާ ދެއްކީ އަބަދުގެވެސް އާދައިގެ މަތިން ފަރެސްމާތޮޑާގެ މަސްވެރިންނެވެ. ޒަމާނުއްސުރެ މަސްވެރި ރަށެއްގެ ގޮތުގައި ނަން މަޝްހޫރު ފަރެސްމާތޮޑާގެ މަސްވެރިންނަކީ ރަށުގައި ހިންގާ އިޖުތިމާއީ ހަރަކާތްތަކުގައި އަބަދުވެސް ބައިވެރިވާ ފަރާތްތަކެކެވެ.

ފަލަސްތީނަށް އެހީ ވުމަށް އިއްޔެ ކުރިއަށްގެންދިޔަ އިވެންޓް ގައި މަސްވެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިގެންދިޔައެވެ.

އެގޮތުން "ބާޚިރާ" ދޯނީގެ ފަރާތުން ވަނީ އެއްލައްކަ ރުފިޔާ ހަދިޔާ ކޮށްފަ އެވެ. ހަމައެހެންމެ "ގެލަރީ މިޝަން" ދޯނި ވަނީ ފަންސަވީސްހާސް ރުފިޔާ (-/25000 ރުފިޔާ) ހަދިޔާ ކޮށްފައެވެ. "މަސްވެރިޔާ" ދޯނީގެ ފަޅުވެރީންގެ ފަރާތުން އަށްހާސް ހަތަރުސަތޭކަ (-/8400ރުފިޔާ) ހަދިޔާ ވަނި ހަދިޔާ ކޮށްފަައެވެ.

ބަހީރާ ދޯނީގެ ފަޅުވެރިން

މީގެ އިތުރުން "ވިލެޖްމެރިން" ދޯންޏާއި، "ރެނައިޒް" ދޯނީގެ ތެރެއިން ކޮންމެ ދޯންޏަކުން ވަނީ ފަންސަވީސް ހާސް ރުފިޔާ (-/25000 ރުފިޔާ) ހަދިޔާ ކޮށްފައެވެ. މީގެ އިތުރުން އޮކްޓޫބަރ 19،20 އަދި 21 ވަނަ ދުވަހު ބޭއްވި އެހީވުމުގެ އިވެންޓުގައި "ޑެއިޒީ ވިއު" ދޯނީގެ ހުރިހާ ފަޅުވެރީންނާއި ދޯނީގެ ފަރާތުން ފަލަސްތީން ޣާޒާ ފަންޑަށް ފަންސަވީސް ހާސް ރުފިޔާ (-/25000 ރުފިޔާ)ގެ އެހީވަނީ ދީފައެވެ.

ފަލަސްތީނަށް އެހީވުމުގެ ގޮތުން މި ދޯނިފަހަރުތަކުން ދަނީ ހިތްވަރާއެކު މަސައްކަތް ކުރަމުންނެވެ. މަސްވެރިންނާއި ފަޅުވެރިން ފަލަސްތީނަށްޓަކައި ކުރާ މިންނެތް މަސައްކަތުގެ ނަތީޖާ މިފަދަ ކޮންމެ ފަންޑްރައިޒިން ހަރަކާތެއް އޮންނަ ދުވަސްތަކުގައި ހާމަވެ އެނގިގެން ދެއެވެ. ފަލަސްތީނަށް ފަންޑުކުރަން ފެށީއްސުރެ މިހާތަނާ ޖެހެންދެންވެސް ބަދަލެއްނައިސް ފައިސާ ހަދިޔާ ކުރުމުގައި އެންމެ ކުރީ ސަފުގައި ތިބީ ދިވެހި މަސްވެރިންނޭ ބުނުމަކީ އެހެން ފަރާތްތަކަށް ބުނެވޭ ދެރަބަހެއްނޫންކަން ގައިމެވެ.

ފަލަސްތީނު ރައްޔިތުންނަށް އެހީވުމަށް ރާއްޖޭގެ އެހެނިހެން ބައެއް މަސް ދޯނިތަކުން މިހާތަނަށް ވެފައިވާ އެހީތަކަށް ބަލާލާއިރު ގއ ވިލިނގިލީ 3 ދޯންޏަކުން ޖުމްލަ -/75،000 (ހަތްދިހަ ފަސްހާސް)، ގއ މާމެންދޫ ދެ ދޯންޏަކުން ބައިލައްކަ ރުފިޔާ އަދި ގއ ކޮލަމާފުށީ ދޯންޏަކުން(-/127433) އެއްލައްކަ ހަތާވީސް ހާސް ހަތަރުސަތޭކަ ތެއްތިރީސް ރުފިޔާ ވަނީ ހަދިޔާ ކޮށްފައެވެ.

ގއ ކަނޑުހުޅުދޫ ސީހޯސް3 ދޯނިން ހަދިޔާ ކުރި ފަންސާސްހާސް (-/50000) ރުފިޔާގެ އިތުރުން ލާމު މާވަށު ރަންދޯދީގެ -/25،000 ރުފިޔާއާއި ތ ވަންދޫ އަސްދާނުން ދިން -/25000 އަކާއި ކ ގާފަރު ނަސްރު7 ހަދިޔާ ކުރި -/25000 ރުފިޔާ އާއި ގދ ފަރެސްމާތޮޑާ ޑެއިޒީވިއު އިން -/25000 ރުފިޔާ ވަނީ ހަދިޔާކޮށްފައެވެ.

ކޮންމެ ގޮތެއްވިޔަސް، ފަލަސްތީނަށް އެހީވުމުގައި ފަރެސްމާތޮޑާގެ މަސްވެރިންނަކީ އެހެނިހެން މަސްވެރިންގެ ނަންވެސް ރޯޝަން ކުރުވާ ނަމޫނާ ބައެއްކަން ގައިމެވެ. ހަލި ނޫހުން އެދެނީ ފަރެސްމާތޮޑާގެ މި އިހްލާސްތެރި ހީވާގި މަސްވެރިންނަަށް ފާގަތި، ފަހި މުސްތަގްބަލެއް ލިބުމެވެ.