ބޮލީވުޑްގެ މަޝްހޫރު ލަވަކިއުން ތެރިއާ ނޭހާ ކައްކަރު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަގެންދެއެވެ.
ނޭހާ އަކީ މީގެ ކުރިންވެސް ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވާ ސެލެބްރިޓީއެކެވެ. އެހެންނަމަވެސް ކުރީ ފަހަރާ ހިލާފަށް މިފަހަރު ނޭހާ ރާއްޖެ އައިސް މިއުޅެނީ އެކަންޏަކު ނޫނެވެ. މިދަތުރުގައި ނޭހާގެ އާއިލާ ވެސް އައިސް އެެބައުޅެއެވެ.
ނޭހާގެ ޗުއްޓީގެ ބައިވެރިންނަކީ މިހަފަރު އޭނާގެ އާއިލާކަމަށްވާއިރު ފިރިމީހާ ރޯހަންވެސް ނޭހާއާއެކުގައި އައިސް އެބައުޅެއެވެ.
ނޭހާ ވަނީ އޭނާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަ ކަން ސޯޝަލް މީޑިއާ މެދުވެރިކޮން ހިއްސާކޮށްފައެވެ. އަދި ކުރު ވީޑިއޯ ކޮޅަކުން އޭނާގެ މިދަތުރު ވަރަށް ތަފްސީލުކޮށް ވަނީ ކިޔައިދީފައެވެ.
ނޭހާ ޗުއްޓީ ހޭދަކުރަމުން އަންނަނީ ސަން ސިޔާމް ރިސޯޓްގައިއެވެ.
އިންޑިއަން އައިޑަލް އިން އެންޓްރީ ނުކުރެވ ޖަޖުން ބުނި ދެރަ ބަހަކަށް ޗެލެންޖް ކޮށް ކާމިޔާބު އައިޑަލްއަކަށް ވުމަށްފަހު މިއަދު އައިޑަލްގެ ޖަޖަކަށް އިންނަ ނޭހާ ކައްކަރަކީ ނުހަނު ރިވެތި ލަވަތަކެއް ކިޔާފައިވާ ފުރިހަމަ އަޑްގެ ވެރި ފަންނާނެކެވެ.
މިއަދު ނޭހާ އަކީ ބޮލީވުޑްގެ ޒުވާން އަދި މަގުބޫލު ލަވަ ކިއުންތެރިންގެ ތެރެއިން އެންމެ ކުރީ ސަފުގައި ހިމެނޭ ކާމިޔާބު މަޝްހޫރު ލަވަކިއުންތެރިއެކެވެ.