އަންނަ ނޮވެންބަރު 17 އަށްފަހު ރާއްޖޭގައި ވެރިކަން ކުރާނެ ޕާޓީކަމުގައިވާ ޕީއެންސީއާއި 500 މީހުން ގުޅިއެއްޖެއެވެ.

މީގެ ތެރެއިން ގިން މެންބަރުންނަކީ ޒުވާނުންނެވެ. އަދި މިފޯރމުތަކާއި ހަވާލުވެވަޑައިގަތީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

ޕީޕީއެމް/ޕީއެންސީ ލީޑާޝިޕުން އައްޑުއަށް ކުރެއްވި ދަތުރުފުޅުގައި ވެސް ޕީއެންސީއަށް މެންބަރުން އިތުރު ކުރުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.

ކުރިއައް އޮތް މަޖިލިސް އިންތަހާބުގައި ޕީޕީއެމް އަދި ޕީއެންސީގެ ފަރާތުން މަޖިލީހުގެ ގޮޑިތަކަށް ވާދަ ކުރަން ވަނީ ނިންމާފައެވެ. ޕީއެންސީއިން ދަނީ ވީއެންމެ އަވަހަކަށް އެ ޕާޓީއަށް 10،000 މެންބަރުން ހަމަކުރުމުގެ މަސައްކަތް ކުރަމުންނެވެ.