ވަގު ޑޮލަރުން ވިޔަފާރި ކުރި މައްސަލައެއްގައި ދެ މީހަކުން ފުލުހުން ހޯދަން ފަޝައިފިއެވެ.

https://youtu.be/tC3_dBpQ9jI

ފުލުހުން މިއަދު އެމީހުންގެ ޔޫޓިއުބް ޗެނެލްގައި ވިޑިއޯއެއް އާންމު ކުރުމަށްފަހު ބުނީ އެ ވިޑިއޯއިން ފެންނަ ދެމީހުންނަކީ ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ސައްހަ ނޫން ޑޮލަރު ބޭނުުން ކޮށްގެން ފިހާރައަކުން ވިޔަފާރި ކޮށްފައިވާ މައްސަލައަކާ ގުޅިގެން ހޯދަން ބޭނުންވެ، އެއީ ކޮން ބައެއްކަން ދެނެގަނެވިފައިނުވާ އަދި ހޯދިފައި ވެސް ނުވާ ދެ މީހުން ކަމަށެވެ.

ވިޑިއޯއިން ފެންނަ މީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެމަޢުލޫމާތެއް ދިވެހި ފުލުހުންގެ ޚިދުމަތުގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ އިކޮނޮމިކް ކްރައިމްޑިޕާޓްމަންޓްގެ ނަމްބަރު 9790048 އަށް ގުޅުއްވައި މައުލޫމާތު ދެއްވާށެވެ.