ރޭ ކުޅުނު އިންޓަރސްކޫލު ނެޓްބޯޅަ މުބާރާތުގެ ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔަކަށް ވިލާ ހައި ސްކޫލުގެ އާމިނަތު އައިނީ ހޮވިއްޖެއެވެ.
ސީއެޗުއެސްއީ އާ ވާދަކޮށް މި މެޗު ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުން ކާމިޔާބުކޮށްފައި ވަނީ 34-51ގެ ބޮޑު ތަފާތަކުންނެވެ.
މި ދެޓީމުގެ މީގެ ކުރިން މި މުބާރާތުގައި ދެ ފަހަރު ބައްދަލުކުރިއެވެ. ގުރޫޕް ސްޓޭޖްގައި ކުޅުނު މެޗްވީ އެއްވަރެވެ. ސެމީގައި ކުޅުނު މެޗުން މޮޅުވީ ވިލާ ހައި ސްކޫލެވެ.
މި މުބާރާތުގެ 13 އަހަރުން ދަށާއި 15 އަދި 17 އަހަރުން ދަށުގެ ފައިނަލް މާދަމާ ކުޅޭނެއެވެ.