ހުކުރު ދުވަހު އަނެއްކާވެސް މުވާސަލާތީ އަދި ނެޓްވޯކް ބްލެކްއައުޓަކަށްފަހު ހަތަރު ހޮސްޕިޓަލެއް ހުންނަ ނާސިރު މެޑިކަލް ކޮމްޕްލެކްސްއަށް އިޒްރޭލުންް ހަމަލަ ދީފިއެވެ.
ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނާ ގޮތުގައި މި ހަމަލާތަކުގައި ފަލަސްތީނުގެ އަށް މީހަކު މަރުވެ ދިހަވަރަކަށް މީހުން ޒަޚަމްވެފައިވެއެވެ .
މެޑިކަލް ކޮމްޕްލެކްސްގައި ހުރީ އަލް ނާސިރު ޗިލްޑްރަންސް ހޮސްޕިޓަލާއި ރަންޓިސީ ސްޕެޝަލައިޒްޑް ހޮސްޕިޓަލާއި ލޮލުގެ ހޮސްޕިޓަލާއި ސައިކިއޭޓްރިކް ހޮސްޕިޓަލެވެ.
“އެރޭ އިސްރާއީލުގެ ސިފައިން އަޅުގަނޑުމެންގެ ބައެއް މުވައްޒަފުންނަށް ގުޅައިގެން ކޮންޕްލެކްސް ވަޝާ އަލިފާނުގެއް ބުރެއް އަޅާނެކަމަށް އިންޒާރު ދިން” ރަންޓިސީ ހޮސްޕިޓަލުގެ ޑޮކްޓަރު ސުލައިމާން ޤައުދު ވިދާޅުވި އެވެ.
ހަވީރު 6:30 ހާއިރު އިސްރާއީލުގެ ހަނގުރާމަ މަތިންދާބޯޓުތައް ސައިކިއޭޓްރިކް ހޮސްޕިޓަލާއި ރަންޓިސީ ހޮސްޕިޓަލާ ދެމެދުގައިވާ ސަރަހައްދަށް ދިން މިސައިލު ހަމަލާއެއްގައި 35 މީހުން ޒަހަމްވެފައިވާއިރު، އޭގެ ތެރޭގައި ބައެއް މީހުންނަކީ މެޑިކަލް ސްޓާފުންނެވެ.
އޭގެ ދެގަޑިއިރު ފަހުން ރަންޓިސީ ހޮސްޕިޓަލުގެ އިރުދެކުނާއި އިރުއުތުރު ފަރާތަށްވެސް މިސައިލުން ހަމަލާ ދިނެވެ. ހޮސްޕިޓަލުގެ އިރުއުތުރު ފަރާތުގައި ކުޑަކުދިންގެ ކެންސަރު ވޯޑެއް ހުންނަ ކަމަށް ޤައުދު ވިދާޅުވި އެވެ. އަދި އެތަނުގައި 30 ވަރަކަށް ކުޑަކުދިންނަށް ދިޔައީ ފަރުވާ ދެމުން ކަމަށް ވެސް ގައުދު ވިދާޅުވިއެވެ. އެއަށްފަހު ތިން ވަނަ ފަހަރަށް ހޮސްޕިޓަލަށް ހަމަލާދީ އެމްބިއުލާންސް އާއި އެހެނިހެން އުޅަނދުތައް ޕާކުކޮށްފައި ހުރި ގޯތިތަކާއި ގެދޮރު ގެއްލިފައިވާ އާއިލާތައް ހިޔާވަހިކަން ހޯދާފައިވާ ގޯތިތެރެއަށް ހަމަލާދީފައިވެ އެވެ.
“އަޅުގަނޑުމެން 80 އާއި 100 އާއި ދެމެދުގެ އަދަދަކަށް ބަލިމީހުން، އަދި 700 ގެދޮރު ގެއްލިފައިވާ އާއިލާތައް – އެއީ ގާތްގަނޑަކަށް 5،000 މީހުން،” ޤައޫދު ވިދާޅުވި އެވެ.
މިހާތަނަށް އިޒަރޭލުގެ ހަމަލާތަކުގައި 100000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. .