އިންތިހާބީ ރައީސް ޑރ.މުހައްމަދު މުއިއްޒު ޔޫއޭއީއަށް ކުރެއްވި އަމިއްލަ ދަތުރުފުޅަށްފަހު ރާއްޖެ ވަޑައިގެންފިއެވެ.

މިއީ ރިޔާސީ އިންތިހާބުގެ ފަހުން ޑރ.މުއިއްޒު ރާއްޖެއިން ބޭރަށް ކުރެއްވި ދެވަނަ ދަތުރުފުޅެވެ. އެމަނިކުފާނު އެ ގައުމަށް އިއްޔެ ފުރާވަޑައިގެންނެވީ ޔޫއޭއީގެ ސަރުކާރުން ފޮނުވި ޕްރައިވެޓް ޖެޓެއްގައެވެ.

މީގެކުރިން މުއިއްޒު ވަޑައިގެންނެވީ ސިންގަޕޫރަށެވެ. ނަމަވެސް އެއީ ނުރަސްމީ ދަތުރުފުޅެއްގައެވެ އެ ދަތުރުފުޅުގައި އެމަނިކުފާނު ވަޑައިގެންނެވީ އާއިލާއާއެކުގައެވެ.

ޔޫއޭއީ އަކީ ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެކެވެ. އެގޮތުން މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްގީކުރުމަކީވެސް ޔޫއޭއީގެ އެހީގައި ހިންގާ މަޝްރޫޢުއެކެވެ.