މާލޭގެ ބައެއް ސަރަހައްދުތަކުން މާދަމާ ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ.

ސްޓެލްކޯއިން ވިދާޅުވީ އެކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް ގަލޮޅު ނިރޮޅުމަގު ހިމެނޭ ސަރަހައްދުން މާދަމާ ހެނދުނު 09:30 އިން 11:30 އަށް ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާކަމެއް ކަމަށެވެ

ސްޓެލްކޯއިން ވަނީ މިކަމުގެ ސަބަބުން ދިމާވާނެ ދަތިތަކަށް މާފަށް އެދިފައެވެ.