ކުރިއައް އޮތް މުސްތަގްބަލުގައި ހަމާސް ނޫނީ އިޒްރޭލަށް ޣައްޒާ މެނޭޖް ނުކުރެވޭނެ ކަމަށް އެމެރިކާގެ ސްޓޭޓްސް ސެކެޓަރީ އެންޓޮނީ ބްލިންކެން ވިދާޅުވެއްޖެއެވެ.

"ޣައްޒާއިން ހަމާސް ގެ ވެރިކަން ވެއްޓޭނެ، އެހެން ނޫނީ އޮކްޓޫބަރު 7 ގެ ހާދިސާ އަލުން ތަކުރާރު ވާނީ" ބްލިންކެން ވިދާޅުވިއެވެ.

އެމަނިކުފާނު ވާހަކަ ދައްކަވަމުން ވިދާޅުވެފައިވަނީ ފަލަސްތީނުގެ ސްޓޭޓެއް ގާއިމު ކުރާނެ ގޮތާއި މެދު މަޝްވަރާ ތަކެއް ކުރެވެމުންދާކަމަށެވެ.

އެމެރިކާގެ އެންމެ އިސް ޑިޕްލޮމެޓް ފާހަގަކުރެއްވި ގޮތުގައި އިސްރާއީލުން ޣައްޒާ އަލުން ހިފުމުގެ އެއްވެސް ވިސްނުމެއް ނެތްކަން މަޝްވަރާތަކުގެ ތެރެއިން އޭނާއަށް ވިސްނުނެވެ. ނަމަވެސް އޮކްޓޯބަރު 7 ވަނަ ދުވަހު ޓެންޝަންތައް ބޮޑުވުމުގެ ކުރިން ހާލަތު މިހާރު އޮތް ހާލަތަށް ނުދެވިދާނެ ކަމަށް އޭނާ ގަބޫލު ކުރެއެވެ.

17 އަހަރަށް ފަހު އޮކްޓޫބަރު 7 ހަމާސް އިން އަމިއްލަ ދިފާއުގައި ތެދުވުމުން އިޒްރޭލުން ދަނީ އެކަމުގެ ރައްދުގައި ޣައްޒާގެ ކުދަކުދިންނާއި އަންހެނުންނާއި މަރަމުންނެވެ. މިހާރު ޣައްޒާގެ ޝަހީދުންގެ އަދަދު 10،000 އަށް ވުރެ ގިނަ ވެއްޖެއެވެ.