މެލޭޝިޔާއިން ހަމާސްއާ ގުޅުން ދަމަހައްޓާނެ ކަމަށް މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ވިދާޅުވެއްޖެއެވެ.

އަންވަރު މިހެން ވިދާޅުވީ މިއަދު މެލެޝިޔާގައި ބޭއްވި ޕާލިމެންޓު މަޖިލީހުގައެވެ. އަންވަރު ވިދާޅުވީ ހިނގަމުންދާ ހަނގުރާމައިގައި މެލޭޝިޔާ އިން ހަމާސް އަށް އަދަބެއް ނުދޭނެ ކަމަށެވެ. އަންވަރު މިހެން ވިދާޅުވީ މަޖިލީހުގައި ތިބި އެމެރިކާގެ ގާނޫނު ހަދާވަކީލުން ހަމާސް އަށް ފޯރުކްދޭ އެހީތައް މަދުކުރުމަށް އެދުމުންނެވެ.

އަދި މީގެ އިތުރުން އަންވަރު ވަނީ މެލޭޝިޔާގެ ހުރިހާ ރައްޔިތުންވެސް ހަމާސްއަށް ތާއިދު ކުރަން ގޮވާލާފައެވެ.

އިޒްރޭލުންގެ ހަމަލާ ތަކުގެ ސަބަބުން މިހާރު ޝަހީދުވި ފަލަސްތީނުންގެ އަދަދު ވަނީ 10000 އަށް އަރާފައެވެ. މީގެ ތެރެއިން ބޮޑު ބައެއް ހިއްސާކުރަނީ ކުޑަކުދިންނާއި އަންހެނުންނެވެ.