މިދިޔަ މަހުގެ 7 ވަނަ ދުވަހުން ފެށިގެން މެދުކެނޑުމެއްނެތި ނަސްލު ނައްތާލުމުގެ ނިޔަތުގައި އަނިޔާވެރި، ރަހުމުކުޑަ އިޒްރޭލުން ހިންގަމުންދާ އުދުވާނުގައި ޝަހީދުވާ މީހުންގެ އަދަދު ގިނަކަމުން ގަބުރުސްތާނުތައް ފުރިގެން، އާއިލާތަކުން ލޯބިވާ މީހުން ވަޅުލާނެ ތަނެއް ނެތި ގޮތްހުސްވެއްޖެއެވެ.

އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ އުދުވާނުގައި ފަލަސްތީނުގެ ކުށެއްނެތް 10،000 މީހުން ޝަހީދުކޮށްފައިވާއިރު، އެތައް ސަތޭކަ މީހުން ވަނީ ޒަހަމްވެފައެވެ.

އިސްރާއީލު ސިފައިން އުތުރުން ޣައްޒާ ސިޓީއަށް ބަދަލުވާން ފަށާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އިންސާނީ އެހީ ފޯރުކޮށްދެވޭނެ އެންމެހައި މަގެއް ބަންދުވެފައިވާއިރު، ގާޒާއިން ރުއިމުގެ އަޑު ނުކެނޑެއެވެ.