"ފިރިހެނުންނަކީ ހިތާމަކުރާ ބައެއް ނޫން، އެމީހުން ރޮއި ގިސްލާ ނުހަދާނެ، އަމުދުން ކަމެއް ހަނދާން ނައްތާލަން އެމީހުންނަށް އެއީ ހަމަ ސުމެއްގެ ކަމެއް،"

އަބަދުވެސް އިވޭ، އަދި ހާމަވެ އެނގެން އޮންނަ ވާހަކައެކެވެ. އަންހެނުންނަކީ ކެތްތެރިކަމުގެ ނަމޫނާއެކެވެ. ދިމާވާ ހާލަތްތަކުން އަރައިގަނެ ދިރިއުޅުމުގައި ކުރިއަށްދާން މަސައްްކަތް ކުރާނެއެވެ. އަންހެނުން ފަސޭހައިން ހިތުގައި ޖެހި ރޮވުނަސް އެމީހުންގެ ހިތް ބަލިކަށި ވާ ވަރަށް ހިތްވަރު ގަދަފަދަ އެވެ. އުފެދުމުގައި، ފިތުރަތުގައި ކެތްތެރިކަން ހުންނަ ބަޔަކަށް ވާތީ އަންހެނުން ވަރަށް ބޮޑެތި ކަންކަމުގައިވެސް ހިތްވަރު ކޮށްލައި ކުރި އަރައިދެއެވެ.

އަންހެންކުދިންގެ ހިތް ހަލާކުވާ ވާހަކަ، އަންހެނަކު ހިތާމައިން އަރައިނުގަނެވިގެން އުޅެން ޖެހިފައިވާ ވާހަކަތައް އިވޭގޮތަށް ފިރިހެނުންނާ ބެހޭ ގޮތުން ވަރަށް ނީވެއެވެ. ފިރިހެނުންގެ ކިބައިގައި ދެރަވެ ހިތްދަތިވެ ތަދުވާނެ، ނުވަތަ ރިއްސާނެ ހިތެއް ނޯންނަ ބައެއްކަހަލައެވެ. ތާއަބަދަ ފިރިހެނުން އަންހެނުންނާ ދޭތެރޭ ކަންކަން ކުރާ ގޮތުގެ ވާހަކަ އިވޭއިރު އަންހެނަކާޗހެދި ފިރިހެނަކަށް ހަމަ ދެރަ، އުނދަގޫ، ވޭންހުރި ތަދެއް ތަހަައްމަލު ކުރަން ނުޖެހެނީބާވައެވެ.

އެހެނެެއްނޫނެވެ. ހަގީގަތަކީ ފިރިހެނުންގެ ހިތުގައި ޖެހޭ މިންވަރާއި އެބައިމީހުން ކަންކަން މަތިން ހަނދާން ނައްތާލައި ދިރިއުޅުމުގައި އާ ގުޅުމަކާއެކު ކުރިއަރައިގެން ދިއުމުގައި ވަރަށް ގިނަ ދުވަސް ނަގާކަމެވެ. އެކަމަކު އެމީހުންނަކީ ރޮއި ގިސްލާ، އެހެން މީހުންނަށް އެކަންތައްތައް އަންގަން ބޭނުން ނުވާ ބައަކަށް ވާކަމެވެ.

ސަބަބަކީ ފިތުރީ ގޮތުން ފިރިހެނުންނަކީ ޖަޒްބާތީ ވުން ތަންކޮޅެއް ދުރުބައެެކެވެ. އެހެންކަމުން މިމީހުންގެ އެއްވެސް އިހުސާސެއްގެ އަސަރު ފާޅުވެ ފެނުން ދަށް ވާނެއެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ފިރިހެނުންގެ އިހުސާސްތައް އެމީހުން ބޭރުފުށުން ނުދެއްކި ކަމުގައި ވީނަމަވެސް އެމީހުންނަކީ ހިތާމަތަކުންނާއި ހާލަތްތަކުން އަރައިގަނެ ދުރުވާން އަންހެނުންނަށްވުރެ މާގިނަ ވަގުތުނަގާ ބައެކެވެ. އަންހެނުން ރުއިމާއި ހިތާމަ ކުރުމުގައި ފާޅުގައި ހިތްދަތިވަަގުތުތަކެއް ހޭދަކޮށްފާނެއެވެ. މާޔޫސްކަމާއި މޮޅިވެރިކަމުގައި ވަގުތު ހޭދަކުރި ނަމަވެސް ފިރިހެނުންގެ ބޭރުފުށުން މަންޒަރު ނުދައްކައި އެމީހުން ހިތާމަކުރާ ވަރު ބޮޑުކަމަށް ދިރާސާތަކުން ދައްކައެވެ.

ފިރިހެނަކު އަންހެނަކުދެކެ ހަގީގީ ލޯބިވެ އެލޯބީގާ ނާކާމިޔާބު ވެއްޖެނަމަ ދެން އެހެން އަންހެނަކަށް އިތުބާރުކޮށް ދިރިއުޅުން ހަމަޖައްސަން ނަގާ ވަގުތު އަންހެނުންނަށް ވުރެ ބޮޑެވެ. އެމެރިކާގައި ދިރިއުޅުމުގައި ލޯބީގައި ނާކާމިޔާބުވެފައި ތިބި އަންހެނުންނާއި ފިރިހެނުންގެ 200 މީހުން ހިމަނައިގެން ކުރި ސިއްރު ދިރާސާއެއްގައި ނަތީޖާއަކަށް 89 އިން ސައްތަ އަންހެނުން ދެވަނަ ދިރިއުޅުމަކަށް ވަރަށް ފަސޭހައިން ގޮސްފައިވާއިރު ފިރިހެނުންގެ ސައްތަ އަކީ 11 އިން ސައްތައެވެ. ފިރިހެނުންގެ 89 އިން ސައްތަ އަކީ އެހިތާމައިގައި އެތައް ދުވަހަކު އުޅެމުން ގޮސް އެހެން ދިރިއުޅުމަކަށް ފުރުސަތު ނުދީ ކޮންމެވެސް ކަހަލަ "ކޮމްޕްރޮމައިޒް" އެއް ކޮށްގެން ތިބި މީހުންނެވެ. މީގެ ތެރެއިންވެސް 40 އިން ސައްތަ އަކީ އަދިވެސް އަލަތު ލޯބިވެރިޔާ މަތިން ތާޒާކޮށް ހަނދާން ކުރާ މީހުންނެވެ.

ލެންކެސްޓާ ޔުނިވާސިޓީގެ ސައިންސްވެރިން އިސްކޮށް ހަރަކާތްތެރިވާ ބައިނަލްއަގުވާމީ ސައިކޮލޮޖިސްޓުންގެ ޓީމަކުން ފުރަތަމަ ފަހަރަށް ރިލޭޝަންޝިޕް ގެ މައްސަލަތަކުގެ "ބިގް ޑޭޓާ" އެނަލިސިސް ހެދި އެވެ. މި ދިރާސާ ފެށުނީ ކްލިނިކަލް އަދި ކައުންސެލިން ސެޓިންގެ ބޭރުން މީހުންނަށް ދިމާވާ އެންމެ އާންމު ގުޅުމުގެ މައްސަލަތަކުގެ މެޕެއް ހެދުމުގެ ގޮތުންނެވެ.

"ރިލޭޝަންޝިޕް ގެ މައްސަލަތަކާ ބެހޭ ގޮތުން އަޅުގަނޑުމެންނަށް އެންމެ ބޮޑަށް އެނގެނީ ކަޕްލްސް ތެރަޕީގައި އުޅޭ މީހުންގެ ދިރާސާތަކުން، އޭގެ ތެރޭގައި ވަކި ސަބްސެޓެއް (އެމީހުންގެ ރިލޭޝަންޝިޕް ގެ މައްސަލަތަކުގައި މަސައްކަތް ކުރަން ވަގުތު، ފައިސާ އަދި މަގްސަދެއް އޮތް މީހުން ހިމެނޭ،" ދިރާސާގައި އިސްކޮށް އުޅުއްވި "ޝާލޮޓް އެންޓްވިސްލް" ވިދާޅުވި އެވެ. "އަޅުގަނޑުމެން ވިސްނާލަން ބޭނުންވީ ހަމައެކަނި އާންމުންނަށް އެންމެ ގިނައިން ދިމާވާ ރިލޭޝަންޝިޕް މައްސަލަތަކަކީ ކޮބައިކަން، އޭގެ ބަދަލުގައި ބަލަން ބޭނުންވި ކޮން މައްސަލަތަކެއް އެންމެ ބޮޑަށް ތަޖުރިބާ ކުރަނީ ކާކަށްތޯ."

ދިރާސާތަކުން ދެއްކިގޮތުގައި ގުޅުންތަކާ ބެހޭ ގޮތުން އެންމެ ބޮޑަށް ދެކެވުނު ވާހަކަތަކަކީ ގުޅުންތައް ބަދަހި ކުރުމުގައި ނާކާމިޔާބު ވުމާއި ގުޅުންތައް ވަކިވެގެން ދާއިރު ދިމާވާ ހާލަތުގެ ވާހަކައެވެ. އެންމެ ޢާންމު މައުޟޫއަކީ "ހިތުގައި ރިއްސުން" މި މައުޟޫޢުގައި ހިތާމައާއި، ވަކިވުމާއި، ރުއިމާއި، ވޭނާއި ރިހުމާއި ހިތް ހަލާކުވުން ފަދަ ލަފުޒުތައް އެކުލެވިގެންވެއެވެ.

މީހުން ތާއަބަދުމެ ދައްކައި އުޅޭ ވާހަކަ "ފިރިހެނުންނަކީ ހިތްގަދަ ބައެއް، އެމީހުން ހާލަތްތަކުން ފަސޭހައިން ނުކުމެ ހަމަޖެހިދާނެ، ތެދަށް ބުނަންޏާ ފިރިހެނުން ނަންވެފައި އޮންނައި "ނުރޯ" ކަރުނަ ނުއޮހޮރާ ބައެއްގެ ގޮތުގައެވެ. ޝާލޮޓް ވިދާޅުވި ގޮތުގައި އޭނާގެ ދިރާސާ ހޯދުންތަކުން އެނގެނީ އަންހެނުންނަށް ވުރެ ފިރިހެނުން ނަފްސާނީ ގޮތުން ގުޅުން ތަކަށް ހޭދަކުރާވަރު މަދުަކަމަށް އަދި ޖިސްމާނީ ގުޅުންތަކަށް ނޫނީ ސަމާލުކަން ނުދޭކަމަށް ދެކެވޭ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް އެންމެ ތެދެއްވެސް ނެތް ދޮގު ވާހަކަތައް ކަމެވެ.

ޝާލޮޓްލް އެންޓްވިސްޓަލް ވިދާޅުވި ގޮތުގައި ފާހަގަކޮށްލެވޭ ގޮތުގައި ހިތްހަލާކުވުމާއި ހިތުގައި ރިއްސުމާއި ވޭންއެޅުމަކީ "މައުޟޫއެއް"ގެ ގޮތުގައި ފިރިހެނުން އާންމުކޮށް ވާހަކަދައްކައި ހިޔާލު ބަދަލުކުރާ "ޝިއާރަކަށް، ސުރުހީއަކަށް ނުވާތީ، އަނެހްނުންނާ އެއްގޮތަށް ފިރިހެނުންނަށް އަސަރުކުރާކަން ހާމަވެ ފެންނަން ނޯންނަނީ ކަމަށެވެ.

އެހެނެއްކަމަކު ޔަގީންވާ ކަމަކީ އަންހެނުންނަށްވުރެ ހިތާމަތަކުން އަރައިގަންނަން "ބްރޭކްއަަޕް"އިން ސަލާމަތްވެެ ކުރިއަށް ދިއުމަށް ފިރިހެނުން އެތައް ގުނައެއް ބަލިކަށިވެފައި ގިނަ ވަގުތު ބޭނުންވާ ކަމެވެ.