ނޭޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތުން 2022 ވަނަ އަހަރު ޝާއިއުކުރި ދިރާސާއެއްގައި ބުނެފައި ވަނީ ހަނޑޫ ފެނުގައި ދިފާއީ ނިޒާމުގެ މަސައްކަތްތަކަށް އެހީތެރިވެދޭ ވިޓަމިން ބީ، ދަގަނޑު، ޒިންކް އަދި މެގްނީޒިއަމް ފަދަ ޒަރޫރީ ވިޓަމިންތަކާއި މިނަރަލްސް އެކުލެވިގެންވާ ކަމަށެވެ. އާންމުކޮށް ހަނޑުލުގެ ފެން ކެއުމަކީ އިންފެކްޝަންތަކާއި ބަލިތަކުން ހަށިގަނޑުގެ ދިފާއު ވަރުގަދަކޮށްދޭ ކަމެކެވެ.

ހަނޑޫ ފެނަކީވެސް ހާދަހާވާ ބޭނުންތެރި އެއްޗެކެވެ. ހަނޑުލުގެ ފެނަކީ ނިއުޓްރިއަންޓްސް އާއި ސްޓާޗް އެކުލެވިގެންވެއެވެ. ހަގީގަތުގައި ހަނޑުލުގެ ފެނުން އިސްތަށިގަނޑަށް ލިބިދޭ ފައިދާ ހާދަ ބޮޑެވެ.

ރޯހަނޑުލުގައި 75-80 ޕަސެންޓް ސްޓާޗް ހުރެ އެވެ. ހަނޑޫ ފެނުގައި އެޅުމަށްފަހު ނަގާ ފެނުގައި މި ސްޓާޗް ހުންނާނެއވެެ.

އެހެންކަމުން މި ހަނޑޫ ފެނުގައި ގިނަ އަދަދަކަށް ވިޓަމިންސް އާއި މިނަރަލްސް އެކުލެވިގެންވާ ކަމަށްވެއެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • އެމިނޯ އެސިޑް
  • ބީ ވިޓަމިންސް
  • ވިޓަމިން އީ
  • މިނަރަލްސް
  • އެންޓިއޮކްސިޑެންޓްސް

އެންމެ ބޮޑު ފައިދާއެއް ކުރަނީ އިސްތަށިގަނޑަށެވެ. ވަހަކަށް ބަލާނެ ކަމެއް ނެތެވެ. އިސްތަށިގަނޑު ފަތުއަަޑު ކިޔާފައި ރީތި ކޮށްލުމަށް ހަނޑޫފެން ވަރެއް ނޯންނާނެއެވެ. އިސްތަށިގަނޑުގެ އޮފްކަން ގެނެސްދީ، ވަރުގަދަކޮށް، އިސްތަށީގެ ބުޑުތައް ގަދަފަދަކޮށް، އަދި އިސްތަށިގަނޑު ބޯވުމާއި ދިގުވެ ދުޅަހެޔޮ ސިއްހަތެއްގައި ބޭއްވުމަށް ހަނޑޫފެން ވަރެއް ނެތްކަން ޔަގީނެވެ.

ހަނޑޫ ފެން ތައްޔާރުކުރުމަށް

1/2 ޖޯޑު ނުކައްކާ ހަނޑޫ ނަގާށެވެ. ރަނގަޅަށް ރީތިކޮށް ދޮވެލުމަށްފަހު ފެންހުސްކޮށް ހަނޑޫ ތަށްޓަކަށް އަޅައި ދެތިން ޖޯޑު ފެން އަޅާފައި ބަހައްޓާށެވެ. ދެގަޑިއެއްހާ އިރުފަހުން މިނެޓްފަހުން ހަނޑޫވަކި ކުރުމަށްފަހު އެފެން ފުޅިއަކަށް އަޅާށެވެ.

މިއީ އެބުނާ ޖާދޫގެ ފެނެވެ، ވަހަކަށް ބަލާނެކަމެއްނެތެވެ.

ކޮމާޝަލް ކޮންޑިޝަނަރެއްގެ ބަދަލުގައި މިހަނޑޫފެން ބޭނުން ކުރެވިދާނެ އެވެ. މިކަން ކުރުމަށްޓަކައި

ޝޭމްޕޫ އިން އިސްތަށިގަނޑު ދޮވެލާށެވެ. ދެން ރީއްޗަށް ޝޭމްޕީ ފިލުވާށެވެ. އިސްތަށިގަނޑާއި ބޮލުގެތަލައިގައި ޖެހޭ ގޮތަށް ތައްޔާރުކުރި ހަނޑުލުގެ ފެން އަޅައި ރަނގަޅަށް މަސާޖު ކޮށްލާށެވެ. 20 މިނިޓް ވަންދެން ބަހައްޓާށެވެ. ތާފަނާ ފެން ބޭނުންކޮށްގެން އިސްތަށިގަނޑު ރަނގަޅަށް ދޮވެލާށެވެ.

ރެއަކަށްފަހު ރެއަކުން ފާހަގަ ވާ ވަރުގެ ބަދަލެއް އިސްތަށިގަނޑަށް އަންނާނެެވެ.

(މައުލޫމާތު: މެޑިކަލްނިއުސްޓުޑޭ)