އިންޓަ ޕާލިމެންޓަރީ ޔޫނިއަން (އައިޕީޔޫ)ގެ ކޮމިޓީ އޮން ޑިމޮކްރެސީ އެންޑް ހިއުމަން ރައިޓްސްގެ ޗެއާގެ މަޤާމަށް ރާއްޖޭގެ، ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ ޗެއާ ހިންނަވަރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ޖީހާން މަހްމޫދު އައްޔަނުކޮށްފިއެވެ.
1889 ވަނަ އަހަރު އުފެދުނު އައިޕީޔޫއަކީ ބައިނަލްއަގުވާމީ ރައްޔިތުންގެ މަޖިލިސްތަކުގެ މައި ޖަމިއްޔާއެވެ. މިޖަމިއްޔާގައި 180 މެންބަރު ގައުމާއި 15 އެސޯސިއޭޓް މެންބަރު ގައުމު ހިމެނެއެވެ.
ޖީހާން، އައިޕީޔޫގެ ހިއުމަން ރައިސްޓްސް އެންޑް ޖެންޑަރ ކޮމިޓީއަށް އިންތިހާބުވެވަޑައިގެންފައި ވަނީ އޭޝިއާ ފެސިޕިކް ގްރޫޕުންނެވެ.
ޑިމޮކްރަސީ އާއި އިންސާނީ ހައްގުތަކަށް މިހާރު ކުރިމަތިވެފައިވާ އަދި ތަރައްގީވަމުން އަންނަ ގޮންޖެހުންތައް ދިރާސާ ކުރާ މި ކޮމިޓީއިން ޑިމޮކްރަސީ އާއި އިންސާނީ ހައްގުތަކާބެހޭ ކޮމިޓީން މަސައްކަތްކުރަނީ ޑިމޮކްރަސީ ކުރިއަރުވައި، މުޅި މުޖުތަމަޢުގެ އިންސާނީ ހައްގުތައް ހިމާޔަތްކުރުމަށެވެ.
ގައުމީ އަދި ބައިނަލްއަގްވާމީ ފެންވަރުގައި ވެސް މިކަމަށް މަޖިލީހުން ފިޔަވަޅު އެޅުމަށް ހުށަހަޅަނީ އަހަރަކު އެއް ފަހަރު އެ ޖަމިއްޔާއިން ކަނޑައަޅާ ސިޔާސީ ގަރާރުތައް މެދުވެރިކޮށް، އަދި މުޅި އައިޕީޔޫގެ މެމްބަރުކަމުން ފާސްކުރާ ގަރާރުތައް މެދުވެރިކޮށެވެ.
ސިޔާސީ ހަޔާތުގައި ޒުވާނުން ބައިވެރިވުމާއި ހިމާޔަތްކުރުމާއި އަންހެނުންނާއި އަލަށް އުފަންވާ ކުދިންނާއި ކުޑަކުދިންނަށް ހައްގު ލިބުން ފަދަ މިކަންކަމާއި އެހެނިހެން ކަންކަމާ ބެހޭ ގޮތުން މި ކޮމިޓީން މަޝްވަރާކުރާނެއެވެ. ގިނަ ކަންކަމުގައި އެ ޖަމިއްޔާގެ ގަރާރުތައް ތަރައްގީވެފައި ވަނީ ބައިނަލްއަގުވާމީ، ސަރަހައްދީ އަދި ގައުމީ ފެންވަރުގައި ފުޅާ ދާއިރާއެއްގައި އައިޕީޔޫ ޕްރޮގްރާމުގެ މަސައްކަތްތަކަށެވެ.
މި މަގާމަށް ޖީހާން އިންތިހާބުވުމުން ރާއްޖޭގެ ރައްޔިތުން މަޖިލީހުގެ އިދާރާއިން ވަނީ އެކަމަނާއަށް މަރުހަބާ ދަންނަވާފައެވެ.
ތިޔައީ ގައުމު ލަދުގަންނަންޖެހޭކަމެއް. އެއީ މީނާގެ ފިރިމީހާވަނީ ކެންޔާގެ އަންހެނަކާ ގަދަކަމުން ބެހުނުކަމަށް ބުނެ މައްސަލަ ތަކެއް ދިމާވެފައި. އެމައްސަލަ ހިންދާލީ މީނާ ބައިވެރިވެގެން