ކުރިއަށް އޮތް ފަސް އަހަރު ދިވެހިރާއްޖޭގެ ރައީސްކަން ކުރައްވުމަށް ދިވެހިން ހިޔާރު ކޮށްފައިވާ ފަރާތަކީ ޔަގީނުންވެސް އިލްމު ހުރި ގާބިލު ބޭފުޅެކެވެ. ޑރ މުހައްމަދު މުއިއްޒަކީ ޕީއެޗްޑީ ނަންގަވައިގެން ހުންނެވި ބޭފުޅަކަށް ވީފަދައިން ނައިބު ރައީސްކަމަށްވާ ހުސަައިންމުހައްމަދު ލަތީފް. ސެމްބެ ވަނީ އަޒްހަރު ޔުނިވަރސިޓީން ގްރެޖުއޭޓްވެފައެވެ. މިއީ ރާއްޖޭގެ ތާރީހުގައި ރައީސް، ނައިބު ރައީސްގެ ފަހަތުން ކެބިނެޓްގައިވެސް ތައުލީމާއި ތަޖުރިބާއާއި ގާބިލު ފަރާތްތައް ހިމެނޭ ފަހަރެވެ.

ޑރ މުއިއްޒު ވަނީ އެމަނިކުފާނު ކެބިނެޓުގައި ހިމެނޭނީ ގާބިލު، އިތުބާރު ކުރެވޭ، ތައުލީމު ހުރި ފަރާތްތައް ކަމަށް ވިދާޅުވެފައެވެ. ސީދާ ރަސްމީ ގޮތަކަށް ޑރ މުއިއްޒުގެ ދުލުން ވިދާޅު ނުވިކަމުގައި ވިޔަސް ޕީޕީއެމްގެ އެތެރޭގެ ހަބަރުތަކާއި އެކި މީހުންގެ ދޫދޫމަތިން އިވޭ އަޑުތަކަށް ބަލާއިރު މިހާރު އެކި ފަރާތްތަކުން ހިއްސާ ކުރެވެމުންދާ ލިސްޓުގައި ހިމެނެނީ ސައްހަ ފަރާތްތައް ކަން ގަބޫލު ކުރެވެއެވެ.

އެއްވެސް ޝައްކެއް ނެތް ގޮތެއްގައި މިހާރު ފެންނަން އޮތް ލިސްޓަށް ބަލާލައި ވިސްނާލުމުން ރާއްޖޭގެ ތާރީހުގައި އެންމެ ގިނަ ޕީއެޗްޑީ ހޯލްޑަރުން ތިއްބަވާނީ ޑރ. މުއިއްޒުގެ ސަރުކާރުގެ ކެބިނެޓުގައިކަން ޔަގީންވެއެވެ.

މުހިއްމު ބައެއް މަޤާމުތަކަށް ސިޔާސީ ގޮތުން ޕީޕީއެމް/ޕީއެންސީގެ އިސް ބައެއް ބޭފުޅުން ވަޑައިގަންނަވާ ގޮތަށް ހަމަޖައްސަވާފައިވީ ނަމަވެސް އެހެނިހެން މުހިއްމު މަގާމުތަކަށް އައްޔަންކުރައްވަން ނިންމަވާފައިވާ ބޭފުޅުންނަކީ ސިޔާސީ ކަންކަމުން މާބޮޑަށް ނުފެންނަ، އެހެންކަމުގައިވިޔަސް އެ ބޭފުޅުންގެ ދާއިރާތަކުގެ ތަޖުރިބާކާރުންނެވެ.

ފޮޓޯ:ވަންއޮންލައިން

ޑރ މުއިއްޒުގެ ކެބިނެޓަށް ވަޑައިގަންނަވާނޭކަމަށް މީޑިއާތަކުގައި ރިޕޯޓު ކޮށްފައިވާ ބޭފުޅުންގެ ނަންތަކަކީ:

  1. ހޯމް މިނިސްޓަރު – އަލީ އިހްސާން
  2. ޑިފެންސް މިނިސްޓަރު – ގައްސާން މައުމޫން (ތ. ގުރައިދޫ ދާއިރާގެ މެންބަރު)
  3. ޕްލޭނިން އެންޑް އެންވަޔަރަމަންޓް މިނިސްޓަރު – ތޯރިގް އިބްރާހީމް
  4. ފިޝަރީޒް މިނިސްޓަރު – އަހްމަދު ޝިޔާމް
  5. ލޯކަލް ގަވާނަންސް މިނިސްޓަރު – އާދަމް ޝަރީފު
  6. އިސްލާމިކް މިނިސްޓަރު – ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
  7. ޓޫރިޒަމް މިނިސްޓަރު – އިބްރާހީމް ފައިސަލް
  8. ޔޫތު އެންޑް ޓެކްނޮލޮޖީ – އިބްރާހީމް ވަހީދު (އަސްވާޑް)
  9. ޖެންޑާ މިނިސްޓަރު – ޑރ. އައިޝަތު ޝިހާމް
  10. އެގްރިކަލްޗާ މިނިސްޓަރު – ޑރ. އައިޝަތު ރަމީލާ
  11. ޓްރާންސްޕޯޓް މިނިސްޓަރު – މުހައްމަދު އަމީން (ކެޕްޓަން އަމީން)
  12. ހަޔާ އެޑިއުކޭޝަން މިނިސްޓަރު – ޑރ. ،މަރިޔަމް މާރިޔާ
  13. ފޮރިން މިނިސްޓަރު – މޫސާ ޒަމީރު
  14. ހެލްތު މިނިސްޓަރު – ޑރ. އަބްދުﷲ ޚަލީލް
  15. އެޑިޔުކޭޝަން މިނިސްޓަރު – ޑރ. އިސްމާއީލް ޝަފީއު
  16. ފިނޭންސް މިނިސްޓަރު – ޑރ. މުހައްމަދު ޝަފީގް
  17. އިކޮނޮމިކް މިނިސްޓަރު – މުހައްމަދު ސައީދު
  18. ސްޕޯޓްސް މިނިސްޓަރު – ޑރ. އަބްދުﷲ ރާފިއު
  19. އިންފްރާސްޓްރަކްޗާ އެންޑް ކޮންސްޓްރަކްޝަން މިނިސްޓަރު – ޑރ. އަބްދުﷲ މުއްތަލިބް
  20. ހައުސިން މިނިސްޓަރު – ޑރ. އަލީ ހައިދަރު އަހްމަދު
  21. ބަންޑާރަ ނައިބު – އަހްމަދު އުޝާމް

އިންތިޚާބީ ރައީސްގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ ތެރެއިން 10 ބޭފުޅުންނަކީ ޕީއެޗުޑީ ފާސް ނަންގައިވައިފާ ބޭފުޅުންނެވެ. އެހެންކަމުން އެމަނިކުފާނުގެ ކެބިނެޓުވާނީ ރާއްޖޭގެ ތާރީޚުގައި އެންމެ ޕީއެޗްޑީ ހޯލްޑަރުން ގިނަ ކެބިނެޓަށެވެ.