ވޭތުވެދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ފަލަސްތީނުގެ ސަރަހައްދުތަކުގައި މަރުވި އާންމުންގެ އަދަދު މިހާރުވެސް ޔޫކްރޭންގައި ހިނގި ހަމަނުޖެހުންތަކުގައި މަރުވި މީހުންގެ އަދަދަށްވުރެ އިތުރުވެފައިވާ ކަމަށް ފަލަސްތީނުގެ ބޮޑުވަޒީރު މުހައްމަދު ޝްތަޔޭ ޕެރިހުގައި ބޭއްވި ކޮންފަރެންސްގައި ވިދާޅުވެއްޖެއެވެ.

'ކިތަށް ފަލަސްތީުން ޝަހީދުވީމަ ތޯ މި ހަނގުރާމަ ނިމޭނީ؟ ކޮންމެ ގަޑިއިރަކު ހަ ކުޑަކުދިންނާއި ހަތަރު އަންހެނުން މަރުވާއިރު މިވަރުން ނުފުދޭތަ؟30 ދުވަހުގެ ތެރޭގައި 10،000 މީހުން މަރުވީމަ އެވަރުންވެސް ނުފުދޭތަ؟ އެއީ ޔޫކްރޭންގައި 530 ދުވަހުގެ ތެރޭގައި މަރުވި މީހުންނަށް ވުރެ ގިނަ އަދަދެއް. ބޭހާއި ފެނާއި ކަރަންޓް ނުލިބި މަހެއްހާ ދުވަސް ފުދޭ ހެއްޔެވެ؟ ޝްތަޔޭ ވިދާޅުވިއެވެ.

އަދި މީގެ އިތުރުން ޝްތަޔޭ ވިދާޅުވީ މި ހަނގުރާމަ ފެށުނީ މިދިޔަ މަހު 7 ގައި ނޫން ކަމަށާއި، ފަލަސްތީނުގެ ރައްޔިތުންނަށް މި ހަނގުރާމަ ފެށުނީ މީގެ 75 އަހަރު ކުރިންކަމަށެވެ.

ފަލަސްތީނުގައި މިހާރު ހިނގަމުންދާ ހަނގުރާމައިގައި 10,800 މީހުން ޝަހީދު ވެއްޖެއެވެ. މީގެ ތެރެއިން ބޮޑުބައެއް ހިއްސާކުރަނީ ކުޑަކުދިންނާއި އަންހެނުންނެވެ.