މިއީ ވެރިކަން ބަދަލުވުމުގެ ކަންތައް އޮމާންކަމާއެކު ކުރިއަށްދާ ހަމައެކަނި ފަހަރު ކަމަށާއި މި ފަހަރު ނޫނީ ދިވެހިރާއްޖޭގެ ވެރިކަން ބަދަލުވުން ނިމިފައި އޮތީ ކޯޓުން ނުވެއްޖެނަމަ ކޯޓުން ނޫނީ މަގުމަތިން ކަމަށް ރާއްޖޭގެ ދެވަނަ ޖުމްހޫރިއްުޔާގެ ފަސްވަނަ ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު، ޖުމްހޫރީ ދުވަހުގެ މުނާސަބާގައި ދިވެހި ރައްޔިތުންނާ މުހާތަބު ކުރައްވައި ދެއްކެވި ވާހަކަ ފުޅުގައެވެ.

ދިވެހިރާއްޖޭގެ ހާލަތު އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު އޮތް ގޮތާއި މިއަދު ތަފާތު ކުރެވިއްޖެ ކަމުގެ އިހުސާސްރައްޔިތުންނާ ހިއްސާ ކުރައްވަމުން މިފަސް އަހަރު ނިމިގެން ދިޔައިރު ގައުމަށް ހެޔޮ ބަދަލު ގެނެވިފައި އޮތްވަރު ހާމަވާކަން ފާހަގަކުރައްވައި ރައީސް ސާލިހު ވިދާޅުވީ މިއީ ވެރިކަން ބަދަލުވުމުގެ ކަންތައް އޮމާންކަމާއެކީގައިދާ ހަމައެކަނި ފަހަރު ކަމަށެވެ.

ރައީސް ވިދާޅުވީ މިއީ ވެރިކަން ބަދަލުވުމުގެ ކަންތައް އަމާންކަމާއެކު ކުރިއަަށްދާ ހަމައެކަނި ފަހަރު ކަމަށާއި މީގެކުރިން އެކަންތައް ނިމިފައި އޮތީ ވޯޓުން ނުވެއްޖެނަމަ ކޯޓުން ނުވަތަ މަގުމަތިން ކަމަށެވެ.