މިއީ ރާއްޖޭގެ ވެރިކަން އަމާންކަމާއި އޮމާންކަމާއި އެކުގައި ބަދަލުވާ ފުރަތަމަފަހަރު ނޫން ކަަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ 1968 ގެ ފަހުން ރާއްޖޭގެ ވެރިކަން ބަދަލުވަމުން އަންނަނީ ވަރަށް އަމާންކަމައި އޮމާންކަމާއެކީގައި ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ރައީސް މައުމޫން މިހެން ވިދާޅުވީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސް ޞާލިޙް ދެއްވި ވަދާއީ ޚިޠާބުގައި މިއީ އޮމާންކަމާއެކު ގިނަ ޕާޓީތަކެއް އެކުލެވޭ ސިޔާސީ ނިޒާމު ރާއްޖެއަށް ތައާރަފުވި ފަހުން ވެރިކަން ބަދަލުވާ ފުރަތަމަ ފަހަރު ކަމަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް ވިދާޅުވުމާއި ގުޅިގެންނެވެ. ރައީސް ޞާލިޙް ދެއްވި ވަދާއީ ޚިޠާބުގައި ވިދާޅުވެފައިވަނީ އެހެން ފަހަރު ތަކުގައި ވެރިކަން ބަދަލުވެފައިވަނީ ވޯޓުން ނުވިއްޔާ ކޯޓުން ނުވަތަ މަގުމަތިން" ކަމަށާއި މިފަހަރު މިއީ އަމާންކަމާއިއެކު ވެރިކަން ބަދަލުވާ ފުރަތަމަ ފަހަރު ކަމަށެވެ.

އެކްސްގައި މިކަމަށް ރައްދުދެއްވައި ކުރެއްްވި ޕޯސްޓެއްގައި ރައީސް މައުމޫން ވިދާޅުވީ ވެރިކަން އަމާންކަމާއި އޮމާންކަމާއިއެކު ބަދަލުވަނީ މިފަހަރު އެކަނި ނޫން ކަމަށާއި 1968ގެ ފަހުން ހުރިހާ ފަހަރެއްގައިވެސް ވެރިކަން ބަދަލުވަމުން އައިސްފައިވަނީ އެ ބީދައިން ކަމަށެވެ.

ރައީސް މައުމޫނަކީ 1978 އިން 2008 އާ ހަމައަށް ދިވެހި ރާއްޖޭގެ ވެރިކަން ކުރެއްވި 2 ވަނަ ޖުމްހޫރިއްޔާގެ 2 ވަނަ ރައީސެވެ. އެއަށްފަހު، ގިނަ ޕާޓީތަކެއް އެކުލެވޭ ނިޒާމް ނުވަތަ މަލްޓި ޕާޓީ ސިސްޓެމް އުފެދި، ރާއްޖޭގައި ބޭއްވި ފުރަތަމަ ޑިމޮކްރެޓިކް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވީ ރައީސްއަކީ ރައީސް މުހައްމަދު ނަޝީދެވެ.