އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ ސަރުކާރުގައި އަންހެނުންގެެ ދައުރު ފުޅާވެގެންދާނެއެވެ. ޕީއެސްއެމްގައި މިއަދު ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގެ ވުޒާރާ ތަކުގައި ހިމެނޭ އަންހެނުންނާއި ކެބިނެޓުގައި ހިމެނޭ އަންހެނުންގެ ދައުރު ފުޅާވެެގެންދާނޭ ކަމަށެވެ.

އަންހެނުންގެ ދައުރު ފުޅާކުރުމާ ބެހޭގޮތުން އެމަނިކުފާނު ވިދާޅުވީ ސަރުކާރުގެ ހަ ކުންފުންޏެއްގެ އެންމެ އިސްވެރިންގެ ގޮތުގައި ތިއްބަވާނީ އަންހެނުންކަމަށެވެ.

މި ސަރުކާރުގައި ކުންފުނިތަކުގެ އިސްވެރިންގެ ގޮތުގައި އަންހެން ބޭފުޅުން ތިއްބެވީ ފަހި ދިރިއުޅުން ކޯޕަރޭޝަން، ބިޒްނެސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް އަދި ހައުސިން ޑިވެލޮޕްމަންޓް ފައިނޭޭންސް ކޯޕަރޭޝަން މިތިން ތަނުގަައެވެ. އައު ސަރުކާރުގެ ކެބިނެޓުގައިވެސް އަންހެނުން ބޭފުޅުން ތިއްބަވާނެކަމަށް ޑރ މުއިއްޒު ވަނީ ވިދާޅުވެފައެެވެ،

"ކެބިނެޓުގައި ވެސް އަންހެން ބޭފުޅުން ހިމެނޭނެ. މުޅި ކެބިނެޓުގެ ނިސްބަތުން އެހާ ގިނަ ނުވިއަސް ކެބިނެޓާ ކުންފުނިތައް އެއްކޮށްލާއިރުގަ މިހާތަނަށް އެންމެ ގިނަ އަންހެން ބޭފުޅުން ހިމެނޭ ޓޮޕް މެނޭޖްމަންޓް ހެން އަޅުގަނޑަށް ގަބޫލުކުރެވެނީ އަންނާނީ. އެއީ ޔަގީންކަމެއް. ވީ ވަރަކުން ބަލާފަ އޮންނާނީ އެ ދާއިރާއަކާ ގުޅޭ ބޭފުޅަކު، އެ ދާއިރާއަކުން ކިޔަވައި ވިދާޅުވެގެން ހުންނެވި ނުވަތަ އެ ދާއިރާއެއްގެ ތަޖުރިބާ ވީހާވެސް ރަނގަޅަށް ލިބިފައިވާ މީހަކު ނެގޭތޯ،" ޑރ. މުޢިއްޒު ވިދާޅުވިއެވެ.