ޣައްޒާގެ އަލް-ޝިފާ ހޮސްޕިޓަލްގައި ދުވަސް ނުފުރާ ވިހެއި ދެކުދިން ރޭ މަރުވިކަމަށާއި އަދި ތުއްތު ތުއްތު 37 ކުދިން މަރުގެ ތުންފަތްމަތީގައިވާ ކަމަށް އެހޮސްޕިޓަލުގެ ޑިރެކްޓަރ "އަލްޖަޒީރާ" އަށް މައުލޫމާތު ދެއްވައިފިއެވެ.

ދުވަސް ނުފުރާ ވިހެއި 2 ކުދިން މަރުވެ، 37 ކުދިން މަރުގެ ތުންފަތްމައްޗަށް ދިޔައީ ސަހްޔޫނީ އިޒްރޭލުން އަލް-ޝިފާ ހޮސްޕިޓަލުން ކަރަންޓް ކަނޑާލުމުންނެވެ. އަލް-ޝިފާ ހޮސްޕިޓަލުން ކަރަންޓް ކަނޑާލާފައި ހުންނަތާ މިހާރު 48 ގަޑިއިރަށްވުރެ ގިނަ ވަގުތު ވަނީ ވެފައެވެ.

"ކަރަންޓް ނެތުމުން ވެންޓިލޭޓަރުތައް ބޭނުން ކުރެވޭނެ އެއްވެސް ގޮތެއް އަޅުގަނޑުމެންނަކަށް ނެތް" އަލް ޝިފާ ހޮސްޕިޓަލުގެ ޑިރެކްޓަރ "އަލްޖަޒީރާ" އަށް ވިދާޅުވިއެވެ.