ނޫސްވެރިޔާ ޑެނިއަލް ޕާރލް ކޮށައި ކުދިކުދިކޮށްލި ޖަރީމާގައި ޙުކުމް ކޮށްފައިވާ އަހްމަދު އުމަރު ސައީދު ޝެއިޚް ޖަލުން ދޫކޮށް ނުލުމަށް ނިންމައި އޭނާގެ މައްސަލަ ޕާކިސްތާން ޗީފް ޖަސްޓިސް އަށް ފޮނުވައިފިއެވެ.

ވޯލްސްޓްރީޓް ޖަރނަލްގެ އޭޝިއާ ބިއުރޯގެ ރައީސް، ޑެނިއަލް ޕާރލް ޕާކިސްތާނަށް ދިޔައީ އަލްގައިދާ މީހުންގެ ކަންތައްތަކުގައ ތަހްގީގު ރިޕޯޓެއް ތައްޔާރު ކުރާށެވެ.

ބަޝީރުގެ ނަމުން ތައާރަފް ވުމަށްފަހު، އަހުމަދު އުމަރު ސައީދު ޝެއިޚް އޭނާ ވަގަށް ނެގީ ފިދްޔަ ހޯދުމުގެ ނިޔަތުގައި ކަމަށް ކޯޓަށް ހެކިވެރިން ހެކިބަސްދީފައި ވެއެވެ. އުމަރު ސައީދު ވަނީ ޕާރލް ރަހީނުކޮށްގެން ގެންގުޅުމަށްފަހު ކުދިކުދި ކޮށް ކޮށާލާފައެވެ.

މި ކަމުގައި ޓެރަރިޒަމްގެ ކުށުގައި ޝެއިޚަށް މަރުގެ ނިޔާ އިއްވަން ޙުކުމް ކުރުމަށްފަހު، އޭނާގެ ހުކުމް ބުރަ މަސައްކަތައެކު ހަތް އަހަރަށް ޖަލަށް ލުމަށް ކުރުކޮށް އޭނާ ޖަލުން މިނިވަން ކުރުމަށް ކޯޓުން ކުރި މަސައްކަތަށް އޭނާގެ މައިންބަފައިންނާއި އެމެރިކާ ސަރުކާރުން ވަނީ ދެކޮޅު ހަދާފައެވެ.

ލާހޯރު ހައިކޯޓުން ވަނީ މިމަސް ނިމެންދެން ޝެއިޚުއައި ބައިވެރިން ޖަލުން މިނިވަން ނުކޮށް ބޭތިއްތުމަށް އަންގައި އެންޓި ޓެރަރިޒަމްގެ ގާނޫނުގެ ދަށުން އޭނާ ހައްޔަރުކޮށްފައެވެ.

އޭނާގެ ޖަރީމާއަށް މުއްދަތު ކުރުނުކުރުމަށް އެދި ކުރި ދައުވާއާ މެދު އަވަސްގޮތަކަށް ގޮތެއް ނިންމުމަށް ވަނީ ޗީފް ޖަސްޓިސް އަށް ހުށަހެޅިފައެވެ.