ޓްރާންސްޕޯޓް މިނިސްޓްރީން ފޯރުކޮށްދޭ ހުރިހާ ޚިދުމަތެއް ޑިޖިޓަލްކޮށް، އޮންލައިންކޮށް ލިބޭގޮތަށް ބަދަލުކޮށްފިއެވެ.

މިއަދު އަލަށް ތައާރަފްކުރި "ޓްރާންސްޕޯޓް އޮންލައިން" މެދުވެރިކޮށް އެއްގަމާއި ކަނޑު އުޅަނދުތަކުގެ ރަޖިސްޓްރީއާ ގުޅޭ ހުރިހާ ޚިދުމަތެއް ވެސް ލިބޭނެއެވެ.

އެގޮތުން ވެހިކަލް ރަޖިސްޓްރީވެސް ދެން ދޫކުރާނީ ޑިޖިޓަލްކޮށް ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.

ޓްރާންސްޕޯޓުގެ ޚިދުމަތްތައް އޮންލައިންކޮށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމުން ވަގުތުން ވަގުތަށް އެ މީހަކާ ގުޅުންހުރި މުހިންމު ކަންކަން އަޕްޑޭޓްވާނެއެވެ. މިގޮތުން ސްޓިކާއެއް ޖަހައިފިނަމަ އެލާޓް އައުންވެސް ހިމެނެއެވެ.