ޒްރޭލުން ފަލަސްތީނުގެ މުސްލިމުންނަށް ދެމުންދާ އަނިޔާތަކާ ގުޅިގެން ފަލަސްތީނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކްރިމިނަލް ކޯޓުގެ މުފައްޒަފުން ގުޅިގެން ހިންގި ފަންޑްރައިޒިންގ ހަރަކާތްތަކުން 80،000 އަށްވުރެ ގިނަ ރުފިޔާ ހޯދައިފިއެވެ.

މިގޮތުން ލިބުނު 80،528 ރުފިޔާ ވަނީ ދިވެހި ރެޑްކްރެސެންޓާ ހަވާލުކޮށްފައެވެ.

މި ފައިސާ ރެޑްކްރެސެންޓާ ހަވާލުކޮށްދެއްވީ ކްލަބުގެ ރައީސް ޢަބްދުالله އަލީއެވެ.

ފަލަސްތީނަަށް އެހީވުމަަށްޓަކައި ހިންގުނު މި ހަރަކާތަކީ ކްރިމިނަލް ކޯޓުގެ ކުލަބުން އިންތިޒާމުކޮށްގެން ހިންގި ހަރަކާތެކެވެ.

ކްރިމިނަލް ކޯޓުގެ ކުލަބަކީ މިދިޔަ އަހަރުގެ އޯގަސްޓްމަހުގެ 2 ވަނަ ދުވަހު މިނިސްޓްރީ އޮފް ޔޫތުގައި ރަޖިސްޓްރީކޮށްގެން ހިންގަމުން އަންނަ އިޖްތިމާޢީ ކްލަބެކެވެ. ކްރިމިނަލް ކޯޓުގެ އިޖްތިމާޢީ ކަންތައްތަކާއި މުވައްޒަފުންގެ ވެލްފަޔަރ އާއި، އަދި މިނޫންވެސް ކުރިއެރުންތައް މުވައްޒަފުންނަށް ހޯދައިދިނުމަކީ މި ކްލަބްގެ މަޤްޞަދެވެ

އަދި މިއީ މިގޮތުން ރާއްޖޭގެ ކޯޓުތަކުގެ ތެރެއިން ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ފުރަތަމަ ކްލަބެވެ.