ބިދޭސީއަކު ހޯދަން މޯލްޑިވްސް އިމިގުރޭޝަނުން އިއުލާނުކޮށްފިއެވެ.

އިމިގުރޭޝަނުން ހޯދަން އިއުލާނުކުރީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ މުހައްމަދު މަމޫން (44އ) އެވެ.

މީގެއިތުރުން އޭނާގެ ފޮޓޯ އާންމުކޮށް އިމިގުރޭޝަނުން ވަނީ 5 ދުވަހުގެ ތެރޭގައި އެ އިދާރާއަށް ހާޒިރުވުމަށް އަންގާފައެވެ.

ނަމަވެސް އޭނާ ހޯދާ ވަކި ސަބަބެއް އިމިގުރޭޝަނުން ހާމަކޮށްފައެއް ނުވެއެވެ.

އޭނާާއާ ބެހޭ މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ 7980408 އަށް ގުޅައި އެކަން ހިއްސާ ކުރުމަށް ވެސް އިމިގުރޭޝަނުން ވަނީ އެދިފައެވެ.