މާލޭގައި މިއަދު މެންދުރު އަންހެނުންތަކަކާ ފޮށުނު މީހާއަކީ، ބަރަހަނާ ހާލުގައި ހުރެ އިސްލާމީ މަރުކަޒުގެ މަސްޖިދުއްސުއްތާން މުހައްމަދު ތަކުރުފާނުން އައުޒަމަށް ބަރަހަނާ ހާލުގައި ވަން މީހާ ކަމަށް ފުލުހުން ބުނެފި އެވެ.

މާލޭގައި މިއަދު އަންހެނުންތަކަކަށް ފޮށުނު މައްސަލާގައި 13:05 ހާއިރު ހައްޔަރުކޮށްފައި ވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ 50 އަހަރުގެ މީހެކެވެ.

އޭނާ ބަރަހަނާ ހާލުގައި މިސްކިތަށް ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގެ އިޝާ ނަމާދަށް ފަހުއެވެ. އޭނާ އަކީ ނަފްސާނީ މައްސަލަތަކެއް ހުންނަ މީހެއް ކަމަށް މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

ފުލުހުން ބުނީ އޭނާގެ ސްޕޮންސާ އާ ގުޅިގެން އޭނާ ބަންގްލަދޭޝް އަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ފުލުހުން ވިދާޅުވީ އެމީހާ އަކީ ނަފްސާނީ މައްސަލަތަކެއް ހުންނަ މީހެއް ކަމަށް މިހާތަނަށް ފުލުހުން ބެލި ބެލުމުން އެނގިފައިވާ ކަމަށެވެ.