ފަންސާސް މެންބަރުންގެ ސޮއި ހަމަކޮށް ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ މަގާމުން ވަކި ކުރުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.

އެގޮތުން މި ގަރާރު މަޖިލީހުގެ ތަޅުމަށް ހުށަހަޅާފައި ވަނީ އެމްޑީޕީގެ 49 މެންބަރުންގެ ސޮޔާއެކު، އަމިއްލަ މެންބަރެއްގެ ގޮތުގައި އިންނަވާ ނޮޅިވަރަމް ދާއިރާގެ މެންބަރު ނަޝީދު ގެ ސޮއި ހިމެނޭހެން 50 މެންބަރުންގެ ސޮޔާއެކުއެވެ.

މީގެއިތުރުން އެކަމަނާ މަގާމުން ވަކިކުރަން ނިންމާ މަޖިލީހަށް 50 މެންބަރުންގެ ސޮޔާއެކު ގަރާރެއް ހުށަހަޅާފައި ވާއިރު، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަވެސް އެ ޕާޓީން ހުށަހަޅައިގެން ވަކިގޮތެއް އަދި ނުނިމެއެވެ.

މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން މަޖިލީހުގެ ރައީސާއި މަޖިލީހުގެ ނައިބު ރައީސް މަގާމުން ވަކިކުރަން ހުށަހެޅޭނީ މަޖިލީހުގެ ހަތަރުބައިކުޅަ އެއްބައި މެމްބަރުންގެ ސޮޔާ އެކުއެވެ.