ޣައްޒާގައި ހުންނަ ޖަބަލިޔާ ރެފިއުޖީ ކޭމްޕަށް ޒަޔަނިސްޓް އިޒްރޭލުން ހަމަލާދީ 31 މީހުން މިރޭ ޝަހީދު ކޮށްލައިފިއެވެ.

އަލް ޖަޒީރާ އިން ބުނެފައި ވަނީ ޔަހޫދީ ސިފައިން ޖަބަލިޔާގެ 10 ގެއަކަށް ހަމަލާދިން ކަމަށާއި އިމާރާތްތަކުގެ ދަށުވެފައިވާ މީހުންނާ ހަމައަށް ރެސްކިއު ޓީމުތަކަށް ނުދެވޭ ކަމަށެވެ. މިހަލާގައި ޒަޚަމްވި މީހުންގެ އަދަދު ކަށަވަރެއް ނޫނެވެ.

ޖަބަލިޔާ ރެފިއުޖީ ކޭމްޕަށް މީގެ ދެހަފްތާއެއްހައި ދުވަސް ކުރިން އިޒްރޭލުން ދިން ޓެރަރިސްޓް ހަމަލާއެއްގައި 100 އެއްހައި މީހުން ޝަހީދު ކޮށްލިއެވެ.