ޣައްޒާގެ އަލް-ޝިފާ ހޮސްޕިޓަލް ރައްކާތެރި ކުރަން ޖެހޭ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްްޖެއެވެ.

ބައިޑެން މިދިޔަ ހޯމަ ދުވަހު ވިދާޅުވެފައިވަނީ އަލް ޝިފާ ހޮސްޕިޓަލުގެ ހާލަތާއި މެދު ކަންބޮޑުުވާ ވާހަކަ އިޒްރޭލާ ހިއްސާ ކުރައްވާފައިވާނޭ ކަމަށެވެ.

"އަޅުގަނޑު އަލް ޝިިފާ ހޮސްޕިޓަލުގެ ހާލަތާއި މެދު ކަންބޮޑުވުން ފާޅު ކުރާކަށް ފަހެއް ނުޖެހޭ، އަޅުގަނޑުގެ އުއްމީދަކީ އިޒްރޭލުން ހޮސްޕިޓަލާއި މެދު އަމަލު ކުރާގޮތް ބަދަލުވުން" ބައިޑެން ވިދާޅުވިއެވެ. އަދި ބައިޑެން ދެކޭގޮތުގައި ހޮސްޕިޓަލް ރައްކާތެރި ކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.

އިޒްރޭލުން ޣައްޒާއަށް ދެމުން ދާ ހަމަލާތަކުގައި މިހާރު ޝަހީދުވި މީހުންގެ އަދަދު ވަނީ އެގާރަ ހާސް ފަސް ސަތޭކައަށް އަރައިފައެވެ. މީގެ ތެރޭގައި ގިނައީ ކުޑަކުދީންނާއި އަންހެނުންނެވެ. ހޮސްޕިޓާތަކަށް ދެމުންދާ ހަަމަލާތަކުގައި ވެސް މަދުވެގެން 500 އަށް ވުރެގިނަ މީހުން ޝަހީދުވެފައިވާ ކަމަށް ވޯލްޑް ހެލްތު އޯރގަނައިޒޭޝަނުން މައުލޫމާތު ދެއެވެ.