އަލް ޖަޒީރާއިން ރިޕޯޓުކުރާގޮތުގައި ޣައްޒާގައި ޝަހީދުވި މީހުންގެ އަދަދު މިހާރު ވަނީ 11،500 އަށް އަރާފައެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ޣައްޒާގައި ހަމަނުޖެހުން ބޮޑުވި ފަހުން މަދުވެގެން 11،500 މީހުން މަރުވެފައިވާ ކަމަށް ޣައްޒާގެ ސަރުކާރާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓްކޮށްފިއެވެ.

11،500 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާ އިރު ޒަހަމް ވެފައިވާ މީހުންގެ އަދަދު 29،000 އަށް އަރައިފިއެވެ.

މިދިޔަ އާއްދީއްތަ ދުވަހު ޣައްޒާގެ ސަރުކާރުން މައުލޫމާތު ދިން އިރު 11،180 މީޙުން ޝަހީދުވެފައިވާ ކަމަށް ވިދާޅުވެފައިވެއެވެ. މީގެ ތެރެއިން 4،609 އަކީ ކުޑަކުދިންކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

މިދިޔަ އޮކްޓޫބަރު މަހު 7 ގެ ފަހުން އިޒްރޭލުން ވަނީ ޣައްޒާއަށް ދެމުންދާ ހަމަލާތަށް ވަރުގަދަ ކޮށްފައެވެ. ޣައްޒާގެ ހޮސްޕިޓަލުތަކާއި ރެފިއުޖީ ކެންޕްތަކަށް ވެސް އިސްރޭލުންދަނީ ހަމަލާ ދެމުންނެވެ.