ޒަޔަނިސްޓް އިޒްރޭލުގެ ހައްދުފަހަނައެޅި ސިފައިން ހަތިޔާރާއެކު ޣައްޒާގެ އަލް ޝިފާ ހޮސްޕިޓަލު ތެރެއަށް ވަދެ ގަނެއްޖެއެވެ.
ފަލަސްތީނުގެ ނަސްލު ނައްތާލުމަށް ގަތުލް އާންމު ހިންގަމުން އަންނަ ޒަޔަނިސްޓް އިޒްރޭލު ޓެރަރިސްޓް ސިފައިން އަލް ޝިފާ ހޮސްޕިޓަލަށް ވަދެގަތީ ހަފްތާއެއްހަ ދުވަސް ވަންދެއްން އެތަނުގެ ވަށައިގެން ޓޭންކަރުތަކާއިގެން ތިބެ، ރަހްމު ކުޑަ ހަމަލާތަކެއް ޝިފާ ހޮސްޕިޓަލަށްދީ އެތަނަށް ބޮޑެތި ގެއްލުން ތަކެއް ދިނުމަށްފަހުއެވެ.
އިޒްރޭލުން ޝިފާ ހޮސްޕިޓަލާއި ޣައްޒާގައި އިންސާނިއްޔަތާ ހިލާފް އަމަލުތައް ހިންގަމުން އަންނަ ކަމަށް އދ.ގެ ކުޑަކުދިންގެ ހައްގުތަކާ ބެހޭ ޖަމިއްޔާ ޔުނިސެފުންވެސް ވަނީ ހާމަ ކުރައްވައިފިއެވެ.
އިޒްރޭލުގެ އަނިޔާވެރިކަން ހައްދުފަހައަޅާފައިވާ މިންވަރަކީ ޝިފާ ހޮސްޕިޓަލަށް ތެލާއި ފެން އަދި ބަލިމީހުންނާއި އަލަށް އުފަންވާ ކުދިންނާއި މާބަނޑު މީހުންނަށް ބޭނުންވާ އެންމެ ޒަރޫރީ ސިއްޚީ ފަރުވާ ލިބުމުމުން (އޮކްސިޖަން ލިބުމުންވެސް) ވަނީ މަޚްރޫމް ކޮށްފައެވެ. މީގެ ސަބަބުން އެތައް ކުޑަކުދިންނާއި ބަލިމީހުން ވަނީ މަރުވެފައެވެ.