ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ތުލްކަރަމްގައި ބިނާ ކޮށްފައި ހުރި އެގައުމުގެ ކުރީގެ ރައީސް މަރްހޫމް ޔާސިރު އަރަފާތުގެ ހަނދާނުގައި ބިނާ ކޮށްފައިވާ މޮނިއުމަންޓް ޒަޔަނިސްޓް އިޒްރޭލުގެ ޓެރަރިސްޓް ސިފައިން މިއަދު ހަލާކު ކޮށްލައިފިއެވެ.

https://twitter.com/ArafehLaith/status/1724662341239742622?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1724662341239742622%7Ctwgr%5E8c5feb369e30701b6ce2348c519549608424579f%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.aljazeera.com%2Fnews%2Fliveblog%2F2023%2F11%2F15%2Fisrael-hamas-war-live-israel-says-it-plans-to-raid-al-shifa-ministry

ބުލްޑޯޒާ ބޭނުންކޮށްގެން އަރަފާތުގެ މޮނިއުމަންޓް ބިމާ ހަމަކޮށްލުމުގެ ކުރިން އިޒްރޭލުން ދިިން ޓެރަރިސްޓް ހަމަލާތަކެއް ސަބަބުން ހުޅަނގު އައްސޭރިން ފަލަސްތީނުގެ 8 މީހުން ޝަހީދުވިއެވެ.

ތުލްކަރަމްގައި އިޒްރޭލުން ޓެރަރިސްޓް އަމަލުތައް ހިންގައި އެސަރަހައްދުން ފެނާއި ކަރަންޓް ވަނީ ކަނޑާލާފައެވެ. އަދި ފަލަސްތީން ރައްޔިތުން ދިރިއުޅޭ ގެތަކަށްވަދެ ފަލަސްތީނުގެ ރައްވެހިންނަށް ދަނީ ގޯނާ ކުރަމުންނެވެ.